މަސައްކަތް
ނަންބަރު: (IUL)438-ENV/PRIV/2018/5
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 02 ސެޕްޓެންބަރު 2018 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން 08 އަދި 09 އޮކްޓޫބަރު 2018 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ބޭނުންވާ ތަނާއި، ތަނުގެ ތައްޔާރީތައް އަދި ކޭޓަރިންގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން 08 އަދި 09  އޮކްޓޫބަރު 2018، މިދެދުވަހު "ނޭޝަނަލް ކެޕޭސިޓީ ބިލްޑިންގްވޯކްޝޮޕް އޮން ކޮންޓްރޯލިންގ އިލީގަލް ޓްރޭޑް އިން ކެމިކަލްސް އެންޑް ވޭސްޓްސް'' ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިކަމާ ގުޅޭ ޓަރމްސް އޮފް ރެފަރަންސް ގައި ބަޔާން ކުރެވިފައިވާ ޚިދުމަތްތައް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަށް

މި ބައްދަލުވުމަށް ބޭނުންވާ ތަނާއި، ތަނުގެ ތައްޔާރީތައް އަދި ކޭޓަރިންގެ ޚިދުމަތް ފޯރުކޮށް ދޭންޖެހޭ ގޮތް، ވަގުތު އަދި ޚިދުމަތުގެ ކޮލެޓީއާއި އެހެނިހެން ކަންކަން ހަމެޖެހިފައި ހުންނަން ޖެހޭގޮތުގެ ތަފްޞީލު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރަންސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންވީ ތަކެތި

  • އަންދާސީ ހިސާބު ހުށަހަޅަން ވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭ ގޮތަށެވެ.
  • އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާނީ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ވަކި ވަކި ބައިތަކުގެ އަގު އަދި އަދަދު ވަކިން އެނގޭގޮތަށެވެ.
  • ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ޖީއެސްޓީއަށް ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓްފިކެޓް ގެ ކޮޕީ.
  • އަމިއްލަ ފަރާތެއްނަމަ އައިޑީ ކާޑުގެ ކޮޕީ / ކުންފުންނެއްނަމަ ރަޖިސްޓްރީގެ ކޮޕީ.
  • ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖުރިބާ.
  • މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ

 

ބިޑު ހުޅުވުން

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 02 އޮކްޓޫބަރު 2018ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނާރޖީ ގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 02 އޮކްޓޫބަރު 2018ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

''ނޭޝަނަލް  ކެޕޭސިޓީ ބިލްޑިންގްވޯކްޝޮޕް އޮން  ކޮންޓްރޯލިންގ އިލީގަލް ޓްރޭޑް އިން ކެމިކަލްސް އެންޑް ވޭސްޓްސް" ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި، ތަނުގެ ތައްޔާރީތައް އަދި ކޭޓަރިންގެ ޚިދުމަތް ފޯރުކޮށް ދޭންޖެހޭ ގޮތް، ވަގުތު އަދި ޚިދުމަތުގެ ކޮލެޓީއާއި އެހެނިހެން ކަންކަން ހަމަޖެއްސުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި ބެހޭ އިޢުލާނު ނަންބަރު:                (IUL)438-ENV/PRIV/2018/5 

 ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
  • ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، އިއުލާނުގައި ދެވިފައިވާ މައުލޫމާތުގެ މިންގަނޑުތަކަށެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018306 ނަންބަރު ފޯނަށެވެ.
25 ސެޕްޓެންބަރު 2018