ދިވެހިރާއްޖެ
ކޭޓަރކޮށްދޭނެ ފަރާތެއް ހޯދުމަށް
މި ސްކޫލުގެ ޓީޗަރުންނަށް ދެވޭ ޚާއްޞަ ޑިނަރ، ކޭޓަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ AS-B/IU/2018/37 (12 ސެޕްޓެމްބަރ 2018) އިއުލާނަށް ހުށައެޅި އަންދާސީ ހިސާބުގެ އަގުތަށް ބޮޑުކަމަށް ފެންނާތީ އެ އިއުލާނު ބާތިލުކޮށް، އަލުން އެފުރުޞަތު ހުޅުވާ ލަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
30 ސެޕްޓެމްބަރ 2018 (އާދިއްތަ) ދުވަހުގެ 11.00 އަށް |
2 އޮކްޓޫބަރ 2018(އަންގާރަ) ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ގުޅުއްވާނީ 3325762 ނަންބަރު ފޯނާއެވެ.
15 މުޙައްރަމް 1440