ދިވެހިރާއްޖެ
ނަމްބަރ: 254/254/2018/18(IUL)
އިޢުލާން
ކައުންސިލް އިދާރާގެ އިރުމަތީ ފަރާތުގައިވާ ރައްޔިތު ރުއްގަނޑު ވަރުވާޔަށް ދޫކުރުމާއި ގުޅޭ
ވަތަނިއްޔާ އެންޓަނާގެ ދެކުނުން އޮންނަ ރައްތިތުންގެ ރުއްގަނޑު ( 35 ރުށް ) ވަރުވާއަށް ދިނުމަށް ހަމަޖެހިފައިވެއެވެ.
ވީމާ މި ރުއްގަނޑު 02 (ދޭއް) އަހަރަށް ވަރުވާއަށް ހިފަން ބޭނުންފުޅުވާ ފަރާތްތަކުން ވަރުވާއަށް ހިފަން ބޭނުންވާ އަގު ލިޔުމަކުން އެނގޭ ގޮތަށް 07 އޮކްޓޯބަރ 2018 ވާ ދުވަހުގެ 13:00 އަށް އަގު ހުށައެޅުން އެދެމެވެ. ހުށައެޅޭ އަގު ތަކުގެ ތެރޭން އެންމެ މަތީ އަގު ހުށައަޅާ ފަރާތަކަށް މަތީގައިވާ ގޮތަށް 02 (ދޭއް) އަހަރުގެ މުއްދަތައް ދެވޭނެއެވެ.
އަދި ދަންނަވަމެވެ. ކުންފުންޔަކުން ނުވަތަ އަމިއްލަ ފަރާތަކުން ވިޔަސް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ވަޑައިގެންނެވީ ކޮށްބޭފުޅެއްކަން އެނގޭނެ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.