ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)138-AS6/1/2018/442
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 01 އޮކްޓޫބަރު 2018 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފުވައްމުލަކު އުތުރު ދާއިރާގެ މަގުތަކުގައި ކޭބަލްއަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި މިނިސްޓްރީއިން ތަކެތި ދިނުމުން ފުވައްމުލަކު އުތުރު ދާއިރާގެ މަގުތަކުގައި ކޭބަލްއަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 439(IUL)138-AS6/1/2018/ (20 ސެޕްޓެންބަރ 2018) އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބަދަލުތަކެއް އައުމާއި ގުޅިގެން އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޮކްޓޯބަރ 01 ވާ ހޯމަ ދުވަހުގެ 13:00އަށް ފުވައްމުލަކު ލޭންޑް އެންޑް މުނިސިޕަލް ސަރވިސަސް، އުތުރު އޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004209 އާއި 7922627  އަށް ގުޅުއްވުން އެދެމެވެ. އަދި، އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 2018 ސެޕްޓެންބަރ 30 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.

24 ސެޕްޓެންބަރު 2018