ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)328-HR/328/2018/49
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 20:31
ސުންގަޑި: 30 ސެޕްޓެންބަރު 2018 00:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

ނަމްބަރު: IUL)328-HR/328/2018/49)

                                          އިޢުލާން

ވަޒީފާގެ ފުރުޞަތު

ޕްލޭނިންގ އޮފިސަރ

މަޤާމް:

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަންބަރ:

J-256059

މަޤާމުގެ ގިންތި:

ދާއިމީ

ރޭންކް:

އެމް.އެސް 1

މަޤާމްގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަސައްކަތް ކުރަންޖެހޭ ތަން

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް،ކުރެންދޫކައުންސިލްގެ އިދާރާ

މުސާރަ:

-/5610 ރުފިޔާ

ސާރވިސް އެލަވަންސް:

-/2000 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް:

-/700 ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ރަމަޟާންމަހުގެ މުނާސަބަތުގައި ދޭ ޚާއްޞަ އެލަވަންސްގެ ފައިސާ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ މަސްޢޫލިއްޔަތު:

  • ސެކްޝަނަށް ހުށަހެޅޭ ސިޓީ، މެސެޖް، އަންދާސީ ހިސާބު، ބިލް، ފަދަ ތަކެތި ބަލައިގަތުމާއި، ސެކްޝަނުގެ އެންޓްރީ ބެލެހެއްޓުން.
  • ސެކްޝަނުން ދެމުންދާ ޚިދުމަތަކާއި ގުޅިގެން ހަދަންޖެހޭ އެންމެހާ ޤަވާޢިދުތައް ޒިންމާދާރު ވެރިޔާގެ ލަފާގެ މަތިން ހަދާ ކައުންސިލަށް ހުށަހެޅުން.
  • ކައުންސިލް އިދާރާއަށާއި އިދާރާގެ ބެލުމުގެ ދަށުގައިވާ އެންމެހައި ތަންތަނަށް ބޭނުންވާ ތަކެތި ދައުލަތުގެ މާލިއްޔަތު  ޤަވާއިދާ އެއްގޮތަށް ހޯދާ ބެލެހެއްޓުން.
  • ކައުންސިލް އިދާރާގެ ފަރާތުން ހިންގުމަށް ރާވާ ޕްރޮޖެކްޓްތަކުގެ ކުރެހުންތަކާއި އަންދާސީ ހިސާބުތަކުގެ އެންމެހާ މަސައްކަތް ކުރުން.
  • ކައުންސިލް އިދާރާގެ ފަރާތުން ހިންގުމަށް ރާވާ ޕްރޮޖެކްޓްތަކުގެ ކުރެހުންތަކާއި އަންދާސީ ހިސާބުތަކުގެ އެންމެހާ މަސައްކަތް ކުރުން.
  • ކުރެންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުން ކޮންޓްރެކްޓް އުސޫލުން ކުރެވޭ މަސައްކަތްތައް ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  • ކުރެންދޫގެ ތަރައްޤީއަށް ސަރުކާރާއި އެހެނިހެން ފަރާތްތަކުން ރާވާ ހިންގާ މަޝްރޫޢުތަކަށް ލަފާދިނުމާއި ސަރުކާރުގެ ނުވަތަ ބޭރުގެ ނުވަތަ ރާއްޖޭގެ ޖަމްޢިއްޔާތަކާއި ކުންފުނިތަކުގެ ބޭނުންތަކުގައި ކުރެންދުއަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް އެހީތެރިވެ އެއްބާރުލުން ދިނުން.
  • ސަރުކާރާއި ރައްޔިތުން ރުއްގަހުގެ ދަފުތަރު ބެލެހެއްޓުން
  • ކުރެންދޫ ރައްޔިތުންނަށް ދެވޭ އަސާސީ ޚިދުމަތްތައް ދެމެހެއްޓުމާއި ތަރައްޤީކުރުން
  • ކުންފުނިތަކުގެ ބޭނުންތަކުގައި ކުރެންދުއަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް އެއްބާރުލުން ދިނުން.
  • ކައުންސިލްގެ ބެލުމުގެ ދަށުން، ސަރުކާރުގެ ފަރާތުން ނުވަތަ ރައްޔިތުންގެ ނަމުގައި ކުރެންދޫގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށް ހޯދާ ބެލެހެއްޓުން.
  • ކައުންސިލަށް އާމްދަނީ ލިބޭނެ މަސައްކަތްތައް ރާވާހިންގުމާއި، ބެލެހެއްޓުން.
  • ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ރަށު ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިޔަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ތައްޔާރުކުރުމާއި ފޮނުވުން.
  • އިސްވެ ދެންނެވި ހުރިހާ ކަންކަމާއި ގުޅޭ ގޮތުން ލިޔެ ތައްޔާރު ކުރަންޔެޖެހޭ ސިޓީ ، މެސެޖް ، ބިޑް ޑޮކިއުމެންޓް އަދި ރިޕޯޓްތައް ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެ މަތިން ތައްޔާރުކޮށް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ފޮނުވުން .
  • ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލު ކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

އަސާސީ ޝަރުތު:

ބިޒްނަސް އެޑްމިނިސްޓްރެޝަން، ބިޒްނަސް މެނޭޖްމަނަޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

1- ލާމަރުކަޒީ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން.

2- ސިވިލް ސަރވިސް ޤާނޫނަށާއި ސިވިލް ސަރވިސް ޤަވާއިދަށް އަހުލުވެރިވުން.

3- މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން.

4- ދާއިރާއާގުޅޭ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.

އިންޓރަވިއު އަދި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ  މުއްދަތުތަކާއި އޮންނާނެތަން

މިމަޤާމަށް އިންޓަރވިއުކުރުމާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވޭނީ 01 އޮކްޓޫބަރު 2018 އާއި 06 އޮކްޓޫބަރު 2018 ދެމެދުގެ ދުވަހެއްގައި ހެނދުނު 09:00ން ރޭގަނޑު 21:00އާއި ދެމެދުގެ ވަގުތެއްގައި ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާގައެވެ.

  • އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:30 ސެޕްޓެމްބަރު 2018ވާ (އާދީއްތަ) ދުވަހުގެ 14:00ގެ ކުރިން ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާ އަށެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކެޝަން ފޯމް.

2- ސިވިލްސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް

5- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6620001 ފޯނާއެވެ. ފެކްސް ނަމްބަރަކީ 6620001އެކެވެ.

އީމެއިލް އެޑްރެހަކީ [email protected].mv : އެވެ.

        މިއިދާރާގެ ނަމްބަރު: IUL)328-HR/328/2018/45) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެމަޤާމަށް ކުރިމަތިލައްވާފައި ނުވަތީ އެއިޢުލާނު ބާޠިލްކުރީމެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ސެޕްޓެންބަރު 2018