ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-DS2/138/2018/142
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 15:59
ސުންގަޑި: 27 ސެޕްޓެންބަރު 2018 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
(ފްރީ ހޯލްޑް އުސޫލުން) ބިން ވިއްކުމާ ބެހޭގޮތުން، ކުރެވުނު މިމިނިސްޓްރީގެ ނަންބަރ (IUL)138-DS2/138/2018/120 ) 06 ސެޕްޓެމްބަރ 2018) އިޢުލާނު ބާތިލްކޮށް އަލުން އިޢުލާނުކުރުން

ޤާނޫނު ނަންބަރު 1/2002 ( ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ) ގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިމިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމުގެ ތެރެއިން، ހ. ފޭވައިޓްސް ގޯތީގެ އިރުން އޮތް 802.77 އަކަފޫޓުގެ ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފީމެވެ.

މި ބިމުގެ އަގަކީ އަކަފޫޓަކަށް -/10000 (ދިހަ ހާސް ރުފިޔާ) އެވެ. މީގެ އިތުރުން ބިން އަމިއްލަ ކުރުމަށް އަގު ދައްކަވަން ޖެހޭނެއެވެ. 

ބިންވެރިކުރުވުމުގެ މި ޕްރޮގްރާމުގައި ހިމެނިގެން ވިއްކުމަށް ކަނޑައެޅިފައިވާ ބިމާބެހޭ މަޢުލޫމާތު ޝީޓް 20 ސެޕްޓެންބަރު 2018 ވާ "ބުރާސްފަތި" ދުވަހުން ފެށިގެން މި މިނިސްޓްރީގެ ކައުންޓަރުން ލިބި ވަޑައިގަންނަވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓު އިން www.housing.gov.mv) ( ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 

20 ސެޕްޓެމްބަރ 2018 އިން 27 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ގެ 14:00 ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު މިމިނިސްޓްރީގެ ރިސެޕްޝަން ކައުންޓަރުން ޕްރޮޕޯސަލް ބަލައިގަންނާނެ އެވެ.

ޕްރޮޕޯސަލް  ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ  ސިޓީއުރައެއްގައެވެ. ޕްރޮޕޯސަލް ހުށައަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް ސިޓީއުރައިގެ ބޭރުގައި، ލިޔެފައި އޮންނަންވާނެއެވެ. އަދި  " މާލެސިޓީއިން ބިންގަތުމަށް " މިހެން ލިޔެފައި އޮންނަންވާނެއެވެ.                    

ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ގަޑީގެފަހުންނާއި އޭގެ ކުރިން ގެންނަ ފޯމްތައް ބަލައެއް ނުގަނެވޭނެއެވެ. އަދި މި މިނިސްޓްރީން ދޫކުރާ ފޯމުގައި ނޫން އެހެނިހެން ގޮތްގޮތަށް ހުށައަޅުއްވާ ޕްރޮޕޯސަލް އާއި މަޢުލޫމާތު ފުރިހަމަނުވާ ފޯމްތައް ބާޠިލް ކުރެވޭނެއެވެ.

 

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3004221 ނުވަތަ 3004300 ފޯނުން އެކްސްޓެންޝަން ނަންބަރު 221 އާ، ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

20 ސެޕްޓެންބަރު 2018