މަސައްކަތް
ނަންބަރު: (IUL)438-WMPC/438/2018/244
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 10 އޮކްޓޫބަރު 2018 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އާންމު ސަރަހާއްދުތަކަށް ކުނި އެޅުމާއިބެހޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް އަމިއްލަ ޖަމިއްޔާ އަދި ޖަމާއަތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން

އާންމު ސަރަހާއްދުތަކަށް ކުނި އެޅުމާއިބެހޭގޮތުން އާންމުން ހޭލުންތެރި ކުރުމަށްއަމިއްލަ ޖަމިއްޔާ އަދި ޖަމާއަތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން

އާންމު ސަރަހާއްދުތަކަށް ކުނި އެޅުމާއިބެހޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް މިމިނިސްޓްރީން "ސާފު ރާއްޖެ" ނަމުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް އަންނަނީ ހިންގަމުންނެވެ. މިގޮތުން އާންމު ސަރަހައްދުތަކާއި މޫދަށް ކުނި އެޅުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.

އާންމުން ހޭލުންތެރި ކުރުމަށް އަމިއްލަ ޖަމިއްޔާ އަދި ޖަމާއަތްތަކުން މަސައްކަތްތަކެއް ރާވާ ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިގޮތުން ކުރުމަށް ރާވާ މަސައްކަތްތަކުގެ ތަފްސީލާއި، ޖަމިއްޔާ ނުވަތަ ޖަމާއަތުގެ މަސައްކަތްތަކާއި ހިންގާ ފަރާތްތަކުގެ ވަނަވަރާއި އެކު "ޓާރމްސް އޮފް ރިފަރެންސް" އާ އެއްގޮތްވާ ގޮތުގެ މަތިން ޓެކްނިކަލް ޕްރޮޕޯސަލްތައް ވަކި ސިޓީ އުރައެއްގައި އަދި ފައިނޭންޝަލް ޕްރޮޕޯސަލް ދެވަނަ ސިޓީ އުރައިގައި ބަންދުކޮށް ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ އީމެއިލްގެ ޒަރިއްޔާއިން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުން

ޝައުޤުވެރިވާ ފަރާތްތަކުން ބީލަންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ 2 ސިޓީއުރައިގައި،  10 އޮކްޓޯބަރު 2018 ވަނަ ދުވަހުގެ 1000 ގެ ކުރިން، ޕްރޮޕޯސަލް ތިރީގައިވާ އެޑްރެހަށް  ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހުށައެޅުއްވުން އެދެމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވާނީ  10 އޮކްޓޯބަރު 2018 ވަނަ ދުވަހުގެ 1000 ޖަހާ އިރު އެ މީޓިންގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ފުރިހަމަކޮށް ސިޓީއުރައެއްގައި ބަނދުކޮށް، މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" ގައިބަޔާންކޮށްފައިވާ ގޮތަށް ބީލަންހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

20 ސެޕްޓެންބަރު 2018