ދިވެހިރާއްޖެ
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުވިލިނގިލި، ހުވަދު އަތޮޅު އުތުރުބުރިދިވެހިރާއްޖެ |
ނަމްބަރ: GS05-C /IUL/2018/04 ތާރީޚް: 20 ސެޕްޓެމްބަރ 2018
އިޢުލާން
ސްކޫލް ކެންޓީން ހިންގުމާއި ބެހޭ
މި މަރުކަޒުގެ ކެންޓީން ހިންގުމަށް ކުރި ނަންބަރު GS05-C/IUL/2018/02 ( 5 ސެޕްޓެމްބަރ 2018 ) އިއުލާނާއި ގުޅިގެން 3 ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، މި މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ޥީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 25 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 01:30 ށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 އޮކްޓޯބަރ 2018 ވާ ބުދަ ދުވަހުގެ 01:30 ށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސްކޫލުގެ ނަމްބަރ 6820029 ފޯނާއި ގުޅުއްވުން އެދެމެވެ.