ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-DS2/138/2018/143
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 22:39
ސުންގަޑި: 02 އޮކްޓޫބަރު 2018 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގއ.ވިލިނގިލީގައި ޢިމާރާތްކޮށްފައިވާ 52 ހައުސިންގ ޔުނިޓުގެ ތެރެއިން 09 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން:

ގއ.ވިލިނގިލީގައި އިމާރާތްކޮށްފައިވާ 52 ހައުސިންގ ޔުނިޓުގެ ތެރެއިން، ސަރުކާރުގެ "ހިޔާ" މަޝްރޫޢުގެ ދަށުން، ގއ.ވިލިނގިލީ ރައްޔިތުންނަށް ޙާއްސަކޮށް ދޫކުރުމަށް ހަމަޖެހިފައިވާ 09 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު، 20 ސެޕްޓެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 02 އޮކްޓޯބަރު 2018 ވާ އަންގާރަ ދުވަހުގެ 14:00 އަށް ހުޅުވާލަމެވެ. މިހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް އެދޭ ފޯމާއި އުޞޫލު މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. މީގެ އިތުރުން ފޯމާއި އުޞޫލު ގއ.ވިލިނގިލީ ޕަބްލިކް ވަރކްސް ސަރވިސަސް އިން ލިބެން ހުންނާނެ ކަމުގައި ދެންނެވީމެވެ.

 ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މިނިސްޓްރީގެ ކައުންޓަރުންނާއި ގއ.ވިލިނގިލީ ޕަބްލިކް ވަރކްސް ސަރވިސަސް އިން 25 ސެޕްޓެންބަރު 2018 ވާ އަންގާރަ ދުވަހުން ފެށިގެން 02 އޮކްޓޯބަރު 2018 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ. އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމުތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފޯމު ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

19 ސެޕްޓެންބަރު 2018