ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2018/268
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 26 ސެޕްޓެންބަރު 2018 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރަކު ބޭނުންވެއްޖެ

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:އޮފިސަރ  (ކޮންޓްރެކްޓް) 

ބޭނުންވާ އަދަދު:01 (އެކެއް)

އަސާސީ މުސާރަ:މަހަކު -/4350 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން:އެސްޓީއޯ ހެޑް އޮފީސް / ޕްރޮކިޔޮމަންޓް- އެސެންޝަލް ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާއާއި، -/2500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

ކޮންޓްރެކްޓިންގ ސެކްޝަން

  • ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރު ކުރުން، އަދި ޓެންޑަރ އާއި ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
  • ކޮންޓްރެކްޓިންގ ސެކްޝަންގެ ލިޔެކިޔުންތައް ބެލެހެއްޓުން
  • ކުންފުނީގެ ޕްރޮކިޔުމަންޓް ޕޮލިސީއާއި އެއްގޮތައް އެގްރިމެންޓް ތައްޔާރުކުރުން.
  • ޓެންޑަރ ކޮމިޓީއަށް ހުށަހަޅަންޖެހޭ ޑޮކިއުމަންޓްސް ތައްޔާރު ކުރުން.
  • އެހެނިހެން އިދާރީ މަސައްކަތްކުރުން

ފެންވަރު ނުވަތަ ޝަރުތު

  • ޖީސީއީ އޯލެވެލްގެ 2 މާއްދާ އަދި އެސް.އެސް.ސީ އިމްތިހާނުގެ ދިވެހިން "ސ" ފާހަށްވުރެ މަތީން ފާސްވެފައިވުން ނުވަތަ އޭލެވެލް ފުރިހަމަކޮށްފައިވުން
  • އިނގިރޭސި އަދި ދިވެހިބަހުން މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން
  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 26 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އިންޓަވިއުއިން އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344261 / އީމެއިލް އެޑްރެސް:[email protected]
19 ސެޕްޓެންބަރު 2018