ދިވެހިރާއްޖެ
އިޢުލާނު
ފައިސާއާއި މުދަލުގެ ހިސާބުތައް ބަލަހައްޓާނެ މީހަކު ހޯދުން.
ނިލަންދޫ ކައުންސިލްގެ މާލިއްޔަތަށް ލިބޭ ފައިސާއާއި މުދަލުގެ ހިސާބުތައް ޗެކުކޮށް ބަލަހައްޓާނެ މީހަކު ހޯދަން ބޭނުންވެގެން 2018 ޖުލައި 23 ވަނަ ދުވަހާއި 2018 އޮގަސްޓް 14 ވަނަ ދުވަހު އިޢުލާނުކޮށްގެންވެސް އެ މަސައްކަތްކޮށްދޭނެ ފަރާތެއްވަނީ ނުވެފައެވެ. ވުމާއެކު އެ މަސައްކަތްކުރާ މީހަކަށް ދިނުމަށް ކުރިން ހަމަޖައްސާފައިވާ 1,500/- (އެއްހާސް ފަސްސަތޭކަ) ރުފިޔާގެ ބަދަލުގައި މަހަކު 2,000/- (ދެހާސް) ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަމަޖައްސައިފީމެވެ.
މި މަސައްކަތަކީ ނުރަސްމީ ދުވަސްތަކާއި ނުރަސްމީ ގަޑީގައި ކުރެވިދާނެ މަސައްކަތެއް ކަމަށްވާތީ، ސިވިލްސަރވިސް މުވައްޒަފުންނަށްވެސް މި މަސައްކަތަށް ކުރިމަތި ލުމުގެ ފުރުޞަތު އޮންނާނެއެވެ.
ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވާ މީހުން 2018 ސެޕްޓެންބަރު 24 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ސެޕްޓެންބަރު 27 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
06 މުޙައްރަމް 1440
16 ސެޕްޓެންބަރު2018
މުޙައްމަދު ޖަލީލު
ފ. ނިލަންދޫ ކައުންސިލްގެ ރައީސް