ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ ޕޮލިސް އެއްގަމު އުޅަނދުފަހަރަށާއި، ގއ.އަތޮޅުގައި ބޭނުންކުރާ ޕޮލިސް ކަނޑުއުޅަނދު ފަހަރަށް ބޭނުންވާ ޕެޓްރޯލާއި ޑީސެލް، ސަޕްލައިކޮށްދެއްވާނެފަރާތެއް ހޯދަން ބޭނުންވެގެން ކޮށްފައިވާ މި ސަރވިސްގެ ނަމްްބަރ: 064171-G1(b)/IUL/2018/ އިޢުލާނާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރީބިޑް ބައްދަލުވުން 18 ސެޕްޓެމްބަރ 2018 ވަނަ ދުވަހުގެ 14:00ގައި ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށް 18 ސެޕްޓެމްބަރ 2018 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ސަރުކާރުން ކަނޑައެޅުމާއި ގުޅިގެން ދެންނެވިފައިވާ އިޢުލާނާއި ގުޅޭ ޕްރީބިޑް ބައްދަލުވުން 19 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހުގެ 14:00 އަށް ބަދަލުކުރެވި އަދި އެ އިޢުލާނުގެ ބިޑް ހުޅުވުން 26 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހުގެ 14:00 އަށް ބަދަލުކުރެވިފައިވާ ވާހަކަ އެންމެ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
17 ސެޕްޓެމްބަރ 2018 މ.