ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)138-AS6/1/2018/433
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 26 ސެޕްޓެންބަރު 2018 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އެނެކްސް ބިލްޑިންގްގެ ވީ.އައި.ޕީ ރޫމްގެ އިންޓީރިއަރ ހެދުމަށް ބޭނުންވާ މެޓީރިއަލް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމާއި ގުޅޭ

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އެނެކްސް ބިލްޑިންގްގެ ވީ.އައި.ޕީ ރޫމްގެ އިންޓީރިއަރ ހެދުމަށް ބޭނުންވާ މެޓީރިއަލް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ކުރެވުނު ފުރަތަމަ ނަންބަރު (IUL)138-AS6/1/2018/423 (09 ސެޕްޓެންބަރ 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ސެޕްޓެންބަރު 20 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ސެޕްޓެންބަރު 26 ވާ ބުދަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.   

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ސެޕްޓެންބަރު 20 ވާ ބުރާސްފަތި ދުވަހުގެ 11:00 އިން ފެށިގެން 2018 ސެޕްޓެންބަރު 26 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އަދި، މަޢުލޫމާތު ކަރުދާހުގައި އަންގަވާފައިވާގޮތަށް ބިޑް ސެކިއުރިޓީ ހުށަހެޅުއްވުމަށް ހަނދުމަފުޅު ބެހެއްޓެވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

17 ސެޕްޓެންބަރު 2018