ވަޒީފާގެ ފުރުޞަތު
ނަންބަރު: U-4SM/IU/2018/04
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 03 އޮކްޓޫބަރު 2018 14:00
އއ. އުކުޅަހު ޞީއްޙީ މަރުކަޒު
ދިވެހިރާއްޖެ
ތަރުޖަމާން

އއ. އުކުޅަހު ޞިއްޙީމަރުކަޒު

އއ.އުކުޅަސް/ދިވެހިރާއްޖެ       

 

 

ތަރުޖަމާން

ަންބަރު
 

:  

މަޤާމް:

 

ތަރުޖަމާން

 

މަޤާމްގެ ނަމްބަރ:

J-110830

ބޭނުންވާ ޢަދަދު:

01

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

GS3

މަޤާމްގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމް އޮތް އޮފީސް

އއ. އުކުޅަސް ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

އއ. އުކުޅަސް ޞިއްޙީމަރުކަޒު

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

މަހަކު -/700 ރުފިޔާ

އިތުރު ޢިނާޔަތްތައް:

1.   ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

1-  ޞިއްޙީމަރުކަޒުގެ ތަރުޖަމާނެއްގެ ހައިސިއްޔަތުން ޒިންމާދާރު ކަމާއިއެކު ތަރުޖާމާނެއްގެ ޒިންމާ އަދާ ކުރުން.

2- ޞިއްޙީމަރުކަޒަށް ޑޮކްޓަރަށް ދެއްކުމަށް އަންނަ އެންމެހާ ފަރާތްތަކަށްވެސް ތަފާތު ކުރުމެއްނެތި ހިތްހެޔޮކަމާއި، އިޙްތިރާމާއިއެކު މަރުހަބާކިޔާ ޚިދުމަތްތެރި ގޮތެއްގައި ޚިދުމަތް ދިނުން.

3- ޑޮކްޓަރ ޑިއުޓީއަށް ދުރުވުމުގެ ކުރިން ކޮންސަލްޓޭޝަން ރޫމުގެ އިންވެންޓްރީ ޗެކްކޮށް މަދުވާ ތަކެތި ހަމަކުރުން.

4-   ބަލިމީހާގެ އެންމެހާ ވާހަކަތަކަށް އަމާނާތްތެރިވެ އެވާހަކަ ތަކަކީ އަމިއްލަ ސިއްރެއްގެ ގޮތުގައި ދެކި އިތުބާރު ދެމެހެއްޓުން.

5-   ޑެއިލީ ސާރވޭލަންސް އަދި ވީކްލީ ސާރވޭލަންސް ރިޕޯރޓަށް އޯ.ޕީ.ޑީން ބޭނުންވާ މަޢުލޫމާތު ނަގާ ހެލްތު ޕްރަމޯޝަން ސެކްޝަނުން ބޭނުންވުމުން ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

6- ޞިއްޙީމަރުކަޒުގައި ޤާއިމް ކުރެވިފައިވާ " ހޮސްޕިޓަލް އިންފޮމޭޝަން ސިސްޓަމް" HIS ސިސްޓަމަށް އެންޓަރ ކުރަންޖެހޭ ޑޭޓާ ދުވަހުން ދުވަހަށް އެންޓަރ ކުރަމުން ގެންދިއުން.

7-   ޞިއްޙީމަރުކަޒަށް އަންނަ ބަލިމީހުންގެ އައި.ސީ.ޑީ ކޯޑް ދުވަހުން ދުހަށް އެންޓަރކޮށް ނިންމުން.

8-     އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް ބޭނުން ވާ ބިލްތަކާއި އިންވޮއިސްތައް ޤަވާޢިދުން ހެދުން.

9- އިތުރުފަރުވާއަށް ރިފާރކުރަންޖެހޭ ބަލިމީހުން ރިފާރކުރުމުގެ އެންމެހާ މަސައްކަތްތަކުގައި ހަރަކާތްތެރިވުން.

10- ރިސެޕްޝަނިސްޓް ނެތިއްޖެ ހާލަތެއްގައި ރިސެޕްޝަނިސްޓެއްގެ ޒިންމާއަދާކުރުމާއި ޞިއްޙީމަރުކަޒުގައި ކުރަންޖެހޭ މުހިއްމު މަސައްކަތްތަކުގައި އެހީތެރިވުން.

 

މަޤާމުގެ ޝަރުތު

1.ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

1.        ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2.        މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3.        ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1.   ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނަގެ ވެބްސައިޓުންނާއި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ)

2.       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.   ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.

5.        ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 ށ. މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.   ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.

7.    ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8.     މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

-       މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 އޮކްޓޯބަރ 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިޞިއްޙީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭވެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

ފޯނު ނަންބަރަކީ 6660859 އެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

-     މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2018އޮކްޓޯބަރ މަހުގެ ތެރޭގައި މި މިޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާފަރާތްތަކުން، އޮކްޓޯބަރުމަހުގައި އިންޓަވިއުއަށް ހާޒިރުވުމަށްތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

-   މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަރުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

-          މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660859  ނަންބަރު ފޯނަށެވެ.

ަން07  A1440

           17 ސެޕްޓެމްބަރ 2018    

 

                                                         

 

  

17 ސެޕްޓެންބަރު 2018