ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)456-ECMS/456/2018/44
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 25 ސެޕްޓެންބަރު 2018 13:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްހައުސް އިމާރާތް ރޭނުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ގެސްޓްހައުސް އިމާރާތް ރޭނުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިކައުންސިލުގެ ބޭނުމަކަށް ތިރީގައި މިދަންނަވާ ތަކެތި ގަނެގެން މިރަށު ރައްކަލާމަގުގެ ހުޅަނގުކޮޅު އުތުރު ފަޅީގައި ކައުންސިލުން ގެސްޓްހައުސް އިމާރާކުރުމަށް ސާފުކޮށްފައިވާ ބިމާހަމައަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ގަންނަން ބޭނުންވާ ތަކެތީގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

އަދަދު

ތަފްސީލް

11050

"12×"6×"4 ގެ ހޮލޯބްލޮކް އެޅިގައު

3200

"12×"6×"5 ގެ ފުލްބްލޮކް އެޅިގައު

100

BS12 އަށް ފެތޭ ޕޯޓްލޭންޑް 50 ކިލޯގެ ސިމެންތި ބަސްތާ

10

12mm ("2/1) ގެ ފުލައިވުޑް ފިލާ

150

6mm ގެ ރިންގ ދަގަނޑު

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 100 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 0)

 އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 / 9655050 ފޯނާ ގުޅުއްވުން އެދެމެވެ.

17 ސެޕްޓެންބަރު 2018