ދިވެހިރާއްޖެ
އިޢުލާން
ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގް ކޮމިޓީގައި މަދަނީ ޖަމްޢިއްޔާތަށް ތަމްސީލު ކުރާނެ ފަރާތެއް ހޯދުމާބެހޭ:
ގަވާއިދު ނަންބަރު: 2018/R-101 'ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ގަވާއިދު' ގައި، ގެވެށި އަނިޔާގެ ކަންކަމާގުޅޭ ގޮތުން އެކުލަވާލަން ބަޔާންކުރާ 'ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގް ކޮމިޓީ' ގައި ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކުން ތަމްސީލުކުރާ 2 ފަރާތެއް ހިމެނުމަށް ބަޔާންކޮށްފައިވާތީ، މި ކޮމިޓީގައި މަދަނީ ޖަމްޢިއްޔާތައް ތަމްސީލުކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި ކޮމިޓީގައި ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކުން ތަމްސީލުކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، ޝަޢުޤުވެރިކަން ފާޅުކޮށް އެފަރާތެއްގެ މަޢުލޫމާތު 30 ސެޕްޓެންބަރު 2018 ގެ ކުރިން މި އޮތޯރިޓިއަށް އީ-މެއިލް މެދުވެރިކޮށް ފޮނުއްވައިދެއްވުން އެދެމެވެ. އީ-މެއިލް ފޮނުއްވާނީ [email protected] އަށެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް
- ފޯން: 3010551
- ފެކްސް: 3010552
- އީ-މެއިލް: [email protected]
7 މުޙައްރަމު 1440ހ.
14 ސެޕްޓެންބަރު 2018މ.