ދިވެހިރާއްޖެ
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމްގެ ނަމްބަރ: J‐132790
ބޭނުންވާ އަދަދު: 1
މަޤާމްގެ ގިންތި: ދާއިމީ
މަޤާމްގެ ރޭންކް: ޖީ.އެސް.3
މަޤާމްގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް: 1
ވަޒީފާ އަދާކުރަންޖެހޭ ތަން: ލަންދޫ ސްކޫލް / ނ.ލަންދޫ
މުސާރަ: -/4,465 ރ.
ސަރވިސް އެލަވަންސް: -/1500ރ
ސަޕޯޓިންގ ކޯ އެލަވަންސް: -/700 ރ
މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
ޤާނޫނާއި ޤަވާއިދާއެއްގޮތައް ތިމާގެ ޤާބިލްކަން ތަންދޭ އެންމެފުރިހަމަޔަކަށް ހިއުމަންރިސޯސް ޑިޕާޓުމެނޓުގެ އިސް ސްޓާފެއްގެގޮތުންކުރަންޖެހޭއެންމެހާކަންކަން (ސްކޫލުގެ އިސްވެރިޔާގެ ލަފަޔާއި މަސްވަރާގެމަތިން) ކޮށް ބެލެހެއްޓުމަށްޓަކައި:
- ވަޒީފާއާއިގުޅޭ ހުރިހާ މަސައްތްކަތެއްކުރުމާއިއެކު ޒިންމާދާރުކަންމަތީކޮށް ރިކޯޑްބެލެހެއްޓުން.
- އަލައްވަޒީފާޔަށް އެޕޮއިންޓުކުރެވޭ މުވައްޒަފުންނަށް (އެޗް،އާރު މުރުސިދެއްގެ ހައިސިއްޔަތުންދޭންޖެހޭ) އިރުސާދާއި މަސްވަރާދިނުމާއި ހިންގަންޖެހޭ ޕްރޮގުރާމްތައްރާވާހިންގުމާއިއެކު ރިކޯޑްބެލެހެއްޓުން.
- އަލައްވަޒީފާޔަށް އެޕޮއިންޓުކުރެވޭ މުވައްޒަފުންނަށް ޕްރޮބޭޕީރިއެޑްގައި ހަވާލުކުރެވޭ ޕްރަޖެކުޓް ރާވާހިންގުމާއިއެކު ރިކޯޑްބެލެހެއްޓުން.
- ޒިންމާދާރުއިސްވެރިޔާގެ ލަފަޔާއިމަސްވަރާގެމަތިން މުވައްޒަފުންނަށް އަންގާއެންގުންތައްލިޔެ ތައްޔާރުކުރުމާއި ކޮންމެ މުވައްޒަފަކަށް ޕާސަނަލްފައިލެއް ތައްޔަރުކޮށް މުވައްޒަފުގެ ހުރިހާ ޑޮކިއުމެންޓަކާއި ރިކޯޑްސްތަކެއް ޒިންމާދާރުކަންމަތީ ބެލެހެއްޓުން.
- މަތީގައިދެންނެވިފައިވާ ކަންތަކާއިގުޅޭ ރިކޯޑްބެލެހެއްޓުމަށް (ސޮފްޓް އަދި ހާޑް ކޮޕީ އެކުލެވޭ) ފައިލިންސިސްޓަމެއްއެކުލަވާލުން.
- މުވައްޒަފުންގެ ސަލާމާއި ، ޗުއްޓީޗިޓް، ޚާޒިރީ ރިޕޯޓް ތައްޔާރުކުރުމާއިއެކު ކަމާއިގުޅޭ އެންމެހާކަންތައް ޒިނަމާދާރުކަންމަތީ ކުރުމާއިއެކު ރިކޯޑް ބެލެހެއްޓުން.
- ޒިންމާދާރުއިސްވެރިޔާގެ ލަފަޔާއިމަސްވަރާގެމަތިން މުވައްޒަފުންގެ ވަޒީފާ ބަޔާނާއި ވަޒީފާއެއްބަސްވުންފަދަ ލިޔުންތައް ކާއި (އެޕްރައިޒްލަ ފޯކަލް ޕޮއިންޓެއްގެ ހައިސިއްޔަތުން) ސްކޫލުގެ އެންމެހާސްޓާފުންގެ ސްޓާފްރަޖިސްޓްރީއާއި،ވަގުތީ ރަޖިސްޓްރީއާއި ދާއިމީރަޖިސްޓްރީއާއި ، ދޭސީއަދި ބިދޭސީ ރަޖިސްތްރީއާއި، ސްޓާފްއެޕްރައިޒަލް ރިޕޯޓްތައްޔާރުކުރުމާއި ރިކޯޑް ބެލެހެއްޓުމުގެ އެންމެހާކަންތައްތައް ޒިނަމާދާރުކަންމަތީ ކުރުން.
މަޤާމުގެ ޝަރުޠުތައް:
ސާނަވީ ނުވަތަ އެއާއިއެއްފެންވަރުގެ އިމްތިހާނަކުން ދެމާއްދާއަކުންދައްވެގެން " ޑީ " ގުރޭޑް ލިބިފައިވުމާއިއެކު ، އޭގެއިތުރުން "ސެކަންޑަރީސްކޫލު" ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލު' ސެޓުފިކެޓްއިމްތިހާނުގައި (ދިވެހި) މިމާއްދާއިން ދައްވެދެން " ސީ " ގުރޭޑް ލިބިފައިވުން.
ދާއިރާތައް:
އެޑްމިނިސްޓްރޭޝަން
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ ސިވިލްސަރވީސްގެ ވަޒީފާއަށްއެދޭފޯމު (މިފޯމް ސިވިލްސަރވީސް ކޮމިޝަނުގެ ވެބުސައިޓު (www.csc.gov.mv) އިންނާއި މިސްކޫލުގެ ވެބުސައިޓު (www.landhooschool.com) އިން ޑައުންލޯޑްކޮށްގެނާއި މިސްކޫލުގެ އޮފީހުން ލިބެންހުންނާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ސެޓުފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭސެޓުފިކެޓު ވަކިފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަމަށް މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) މަތީތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުންދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުދާއިރާއާއިގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓުފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުއަށްސަސާއެއްގައި ނުވަތަ ސަރުކާރު ހިތްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެމުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާތަނުގެ މުވައްޒަފުންގެ ޢަދަދުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސްޗެކްފޯމް.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ކަނޑައަޅާފައިވާޤަވާޢިދުތަކާއި ޢުސޫލުތަކާއިއެއްގޮތަށް މީހަކުހޮވުމަށް ބަލާނެކަންތައްތައް މިސްކޫލުގެވެބުސައިޓުން ލިބެންހުނަނާނެ.
މަޤާމަށްއެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30/9/2018 ވާ އާދިއްތަ ދުވަހުގެ 14.00 ގެ ކުރިން، ލަންދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: ([email protected]) މެދުވެރިކޮށްވެސް އަދި ފެކްސް: (6560617) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑިހަމަވުމުގެކުރިން ސަރުކާރު އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭފޯމް ބަލައިގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (01/10/2018 ) އާއި (4/10/2018) އާ ދެމެދު، (ލަންދޫސްކޫލް މީޓިންގރޫމް) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6560576) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، (6560617) އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.
07 މުޙައްރަމް 1440
17 ސެޕްޓެމްބަރ 2018