ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)196-C/1/2018/47
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 15:57
ސުންގަޑި: 24 ސެޕްޓެންބަރު 2018 10:30
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.

ނަންބަރު: IUL)196-C/1/2018/47)

އިޢުލާން

މިއޮފީހަށް ބޭނުންވާ ތިރީގައިމިވާ ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)196-C/1/2018/44) އިޢުލާނު ބާޠިލްކުރުމަށްފަހު ދެވަނަ ފަހަރަށް އިޢުލާނުކުރަމެވެ.

1-    39 ފައިލިންގ ކެބިނެޓް (4 ވަތްގަނޑުލީ)

2-    12 ފައިލިންގ ރެކް

3-    02 ގޮނޑީގެ ސޯފާ

4-    50 އޮފީސް ގޮޑި

ވީމާ މިތަކެތި ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2018 ސެޕްޓެންބަރު 24 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 އޮކްޓޫބަރު 01 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީ ހިސާބު، މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެންނެތްވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ. 

06 މުޙައްރަމް 1440

16 ސެޕްޓެންބަރު 2018