ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް ކުރެވުނު ނަންބަރު:IUL)219-MS/1/2018/03)
(10 ސެޕްޓެންބަރު 2018) އިއުލާނުގެ މުއްދަތު ހަމަވަނީ 18 ސެޕްޓެންބަރު 2018 ވާ އަންގާރަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ. ނަމަވެސް 18 ސެޕްޓެންބަރު 2018 ވާ އަންގާރަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ، 19 ސެޕްޓެންބަރު 2019 ވާ ބުދަދުވަހުގެ 13:30 ގެ ނިޔަލަށް އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފީމެވެ.
ވީމާ، އިނާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުންނާއި ނަން ހުށަހަޅުއްވާ ފަރާތްތަކުން 2018 ސެޕްޓެންބަރު 19 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ ނަންބަރު 3003995/7967919 ފޯނުން ލިބިވަޑައިގަންނަވާނެއެވެ.
06 މުޙައްރަމް 1440