ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-FLBMSDS1/138/2018/124
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 23 ސެޕްޓެންބަރު 2018 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފުވައްމުލަކު ދަޑިމަގު ނޭޗާރ ޕާރކު އަށް ހިނގުމަށް މަގުހެދުމާއި ގުޅޭ

ފުވައްމުލަކު ދަޑިމަގު ކުޅި އަށް ވަންނަ މަގުގެ ދެކުނު ފަޅީގައި، ނޯބަހާރު އަލަށް ޢިމާރާތްކޮށްފައިވާ ބައިގެ ފާރުން ފެށިގެން ނޭޗާރ ޕާރކާއި ދެމެދު އޮތް އަލައޮޅުތަކުން ބަޔަކާއި ރަށް ދަވާދުން ނަމްބަރ 01 ޖަހާފައިވާ ރުކަކީ މަގަށް އަރާތީ ނަގާލަން ޖެހޭ ތަކެއްޗެވެ. އަލައޮޅުތަކުން މަގަށް ނަގާލަންޖެހޭ ސަރަޙައްދުގައި ވާނީ ކަޑަޖަހައި ފާހަގަ ކުރެވިފައެވެ.

ވީމާ، މިރުއްގަހުގެ ވެރިފަރާތުން 23 ސެޕްޓެންބަރު 2018 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން އެރުއްގަހަކީ ރަޖިސްޓްރީ ކުރެވިފައިވާ ރުއްގަސްކަން ނުވަތަ ރުއްގަހުގެ މިލްކުވެރިކަން އެގޭނެ ލިއުމާއިއެކު ފުވައްމުލަކު ލޭންޑް ބިލްޑިންގް އެންޑް މުނިސިޕަލް ސާވިސަސް ޑިޕާޓްމެންޓް/ އުތުރު ސެކްޝަނަށް ހުށަހެޅުއްވުން އެދެމެވެ.

އަދި، މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ލިއުމެއް ހުށަނާޅާކަމުގައިވާނަމަ މަގުހެދުމަށްޓަކައި މިތަކެތި ނައްތާލެވޭނެކަން އަންގަމެވެ.

16 ސެޕްޓެންބަރު 2018