ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-FLBMSDS1/138/2018/122
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 23 ސެޕްޓެންބަރު 2018 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފުވައްމުލަކު ދަޑިމަގު ނޭޗާރ ޕާރކަށް ހިނގުމަށް މަގުހެދުމާއި ގުޅޭ

ފުވައްމުލަކު ދަޑިމަގު ކުޅި ސަރަހައްދަކީ ހިމާޔަތްކުރެވިފައިވާ ސަރަހައްދެކެވެ.  ނަމަވެސް އެ ސަރަޙައްދުގައި އަދި ނޭޗަރ ޕާކަށް ދިއުމަށް ހެދިފައިވާ މަގުގެ ދެފަރާތުގައި ބައެއް ފަރާތްތަކުން  ޤަވާއިދާއި ޚިލާފަތް ރުއްގަސް އިންދާ ހައްދާފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.  

ވީމާ، މިދެންނެވި ސަރަޙައްދުގައި ޤަވާއިދާއި ޚިލާފަށް އިންދާ ހައްދާފައިވާ ރުއްގަސްތައް 23 ސެޕްޓެންބަރު 2018 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން އެސަރަޙައްދުން ނެނެގެވުމަށް އަންގަމެވެ. މިމުއްދަތުގެ ތެރޭގައި ނުނަންގަވާ ހުންނަ ތަކެތި ނައްތާލެވޭނެއެވެ.

16 ސެޕްޓެންބަރު 2018