ދިވެހިރާއްޖެ
45 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޜަން 2018 އޮކްޓޯބަރު 12 ން 16 ށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ އެންމެހައި ކުޅުންތެރިންނާއި ކުލަބު/ޖަމްޢިއްޔާ ތަކުން މުބާރާތާގުޅޭ ކަންކަމުގައި މުޢާމަލާތްކުރާނެ ފޯކަލް ޕޮއިންޓެއް ކަންޑައަޅުއްވާ އެފަރާތެއްގެ ނަމާއި ގުޅޭނެ ނަމްބަރު އެނގޭނެގޮތަށް 25 ސެޕްޓެމްބަރު 2018 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން އެންޓްރީ ފޯރމާއެކު ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުމަށް ދެންނެވީމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރެޖިސްޓްރީ ކޮށްފައިވާ ކުލަބު/ޖަމްޢިއްޔާ ތަކަށެވެ.
އެންޓްރީ ފޯރމް އަދި މުބާރާތުގެ ޤަވާޢިދު:
- އެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އިން ލިބެން ހުންނާނެއެވެ.
އެންޓްރީ ފޯރމް ހުށައެޅުމުގެ ފަހުތާރީޙް:
- 25 ސެޕްޓެމްބަރު 2018 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަނަށް
މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 ށް އަދި މެންދުރުފަހު 13:00 ން 16:00 ށް މި އެސޯސިއޭޝަންގެ ނަމްބަރު 3314057 ފޯނަށް ގުޅުއްވުން އެދެމެވެ. މި މުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު ކުރިއަށްއޮތް ހަފްތާގައި ޝާއިޢު ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
13 ސެޕްޓެމްބަރު 2018