ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-F/30/2018/114
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 30 ސެޕްޓެންބަރު 2018 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވާލާއި ކާޅު މަދުކުރުމަށް އަލްޓްރާސޮނިކް ޑިވައިސް ހަރުކުރުން

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މިނިސްޓްރީން ހިންގަމުން ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ވިޔަފާރީގެ އުސޫލުން ނަފާ ހޯދުމަށް ގޭގޭގައި ހައްދަމުން ގެންދާ އަނބު ފަދަ ބޮޑެތި މޭވާ ގަސްތަކަށް ވާލާއި ކާޅުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އެކަމަށް ޚާއްޞަ އާލާތެއް ހަރުކޮށްދިނުމުގެ ޕްރޮގްރާމެއް މި މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

 

ވީމާ މިކަމަށް އެދޭ ކޯޕަރޭޓިވްސް، ޖަމްއިއްޔާތައް އަދި އަމިއްލަ ފަރުދުން މިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވުމަށް 8 އޯގަސްޓް 2018 ވަނަ ދުވަހު މި މިނިސްޓްރީން ކޮށްފައި އިއުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކަށް މިހާރު މިނިސްޓްރީން ގެންދަނީ މިޑިވައިސް ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިޑިވައިސް ބޭނުންފުޅުވާ ފަރާތްތަކަށް މިކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 30 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 14:00 އާ ހަމަޔަށް ވަނީ އިތުރު ކުރެވިފައެވެ. މި މިނިސްޓްރީން ޑިވައިސް ދޫކުރަމުން ގެންދާނީ ފޯމު ހުށަހަޅުއްވަމުން ގެންދަވާ ތަރުތީބުންނެވެ.

 

އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހަޅުއްވާނަމަ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައި ގަންނަވާނެއެވެ.

10 ސެޕްޓެންބަރު 2018