މަސައްކަތް
ނަންބަރު: (IUL)30-F/30/2018/113
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި: 30 ސެޕްޓެންބަރު 2018 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ގްރީންހައުސް ޤާއިމްކޮށްދިނުން

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މިނިސްޓްރީން ހިންގަމުން ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ފެން ބޮޑުވުން ފަދަ މޫސުމީ މައްސަލަތަކުގެ ސަބަބުންނާއި ފަނިފަކްސާ ސޫފާސޫފި އަދި ގަހަށް ޖެހޭ ބަލިތަކުގެ ސަބަބުން ދަނޑުވެރިކަން ފުޅާ ކުރުމަށް ގޮންޖެހުންތައް ހުރި ރަށްރަށުގައި ގްރީންހައުސް އަޅައިގެން ގަސްހެއްދުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށްދިނުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ.

 

ވީމާ މިކަމަށް އެދޭ ކޯޕަރޭޓިވްސް، ޖަމްޢިއްޔާތައް އަދި އަމިއްލަ ފަރުދުން މިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވުމަށް 8 އޯގަސްޓް 2018 ވަނަ ދުވަހު މި މިނިސްޓްރީން ކޮށްފައި އިއުލާނާއި ގުޅިގެން ހުޅުވާ ލެވުނު ފުރުޞަތު 30 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 14:00 އާ ހަމަޔަށް ވަނީ އިތުރު ކުރެވިފައެވެ. އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހަޅުއްވާނަމަ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައި ގަންނަވާނެއެވެ.

10 ސެޕްޓެންބަރު 2018