ދިވެހިރާއްޖެ
ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2018 ސެޕްޓެމްބަރ 17 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އެސްޓީއޯ ކުޅުދުއްފުށި ފާމަސީ ނުވަތަ އެސްޓީއޯ ހިރިމަރަދޫ ފާމަސީ ނުވަތަ އެސްޓީއޯ ފިނޭ ފާމަސީއަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 ސެޕްޓެމްބަރ 17 ވާ ހޯމަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 ސެޕްޓެމްބަރ 18 ވާ އަންގާރަ ދުވަހުގެ ތިރީގައިވާ އެސްޓީއޯ އައުޓްލެޓް ތަކުގައި އޮންނާނެއެވެ.
ހދ.ކުޅުދުއްފުށި ފާމަސީ، ގަޑި: 10:00
ހދ.ފިނޭ ފާމަސީ، ގަޑި: 10:30
ހދ.ހިރިމަރަދޫ ފާމަސީ، ގަޑި: 11:30
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2018 ސެޕްޓެމްބަރ 19 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 ސެޕްޓެމްބަރ 20 ވާ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 ސެޕްޓެމްބަރ 27 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައި ހދ.ކުޅުދުއްފުށީ ފާމަސީގައެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށާއި، މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި އަދި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344180 / 3344321
ފެކުސް: 3344633
އީމެއިލް: [email protected]