މަސައްކަތް
ނަންބަރު: (IUL)245/245/2018/25
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 26 ސެޕްޓެންބަރު 2018 10:30
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުން

`

 

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ                                       

   ހއ.އުލިގަން،ދިވެހިރާއްޖެ                                                                                                                        

                                                                                                           

                                                      ނަމްބަރ: IUL)245/245/2018/25

އިޢުލާން

އަންދާސީ ހިސާބު ހޯދުން:

 

      ހއ.އުލިގަމުގައި އަލަށް މީހުން އާބާދު ވަމުންދާ ސަރަހައްދުގެ މަގުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ: IUL)245 /245/2018/13)މ ( 29 މާރޗް 2018 ) އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށެއެޅި ފަރާތްތަކުގެ ތެރެއިން އަންދާސީ ހިސާބް ކާމިޔާބްކުރިފަރާތުން އެމަސައްކަތް ދޫކޮށްލާފައިވާތީއާއި ދެން ހުށައަޅާފައިވާ އަންދާސީ ހިސާބްތަށް ބޮޑުކަމަށް ފެންނާތީ، މިކައުންސިލްގެ ނަންބަރ: IUL)245 /245/2018/13) މ(29މާރޗް 2018) އިއުލާން ބާތިލްކޮށް ތިރީގައިވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް  ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

  • 4000 މީޓަރ ކޭބަލް (4 އެމް.އެމް 2 ކޯގެ ޑަބަލް އިންސްލޭޝަން)
  • 300 މީޓަރ ކޭބަލް ( 2.5 އެމް.އެމް 2 ކޯގެ ސިންގަލް އިންސްލޭޝަން )
  • 50  ލެޑް ސްޓްރީޓް ލައިޓް (50 ވޯޓް ހުދު އަލީގެ(
  • 15  ޓައިމަރ ( AC 220V )
  • 50  ބްރޭކަރ (B6)  
  • 15  ބްރޭކަރ (B10)

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އުލިގަމު ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

19 ސެޕްޓެންބަރު 2018 ، 10:30

26 ސެޕްޓެންބަރު 2018 ، 10:30

                

 އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ  26 ސެޕްޓެންބަރ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކާއި ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ސިޓީއެއް ހިފައިގެން ހާޟިރުވުން އެދެމެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02  މުހައްރަމް 1440

12 ސެޕްޓެންބަރ 2018

 

އަޙްމަދު މުއާޛު މުޙައްމަދު

  އުލިގަމު ކައުންސިލްގެ ރައީސް

12 ސެޕްޓެންބަރު 2018