މަސައްކަތް
ނަންބަރު: 146-A3/2018/137
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 17 ސެޕްޓެންބަރު 2018 10:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކޮންފަރެންސް ރޫމާއި މީޑިއޭޝަން ރޫމްގައި ބެހެއްޓުމަށް ގަސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

                                                   ނަންބަރު:146-A3/2018/137 

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ.

ފެމިލީ ކޯޓުގެ ކޮންފަރެންސް ރޫމްގައި ބެހެއްޓުމަށް ގަސް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 146-A3/2018/132(04 ސެޕްޓެމްބަރ 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، އެއިޢުލާން ބާތިލުކޮށް ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 17 ވަނަ ދުވަހުގެ 10:30 އަށް މި ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސް ރޫމަށެވެ.

މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް (ބިޑާއި ގުޅޭ މައުލޫމާތު ބިޑްޑޮކިއުމެންޓުގައި ހިމަނާފައި) ފެމިލީކޯޓުގެ ރިސެޕްޝަނުންނާއި ވެބްސައިޓް (www.familycourt.gov.mv/iulaan) އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

02 މުޙައްރަމް   1440

 

12 ސެޕްޓެންބަރު 2018