ދިވެހިރާއްޖެ
ނަންބަރު:(IUL)321/321/2018/98
އިޢުލާން
ފާޚާނާ ނިޒާމުގެ ޕަންޕް ސްޓޭޝަނެއް ބެހެއްޓުމަށްޓަކައި މިރަށު ޓާޓުލް ސްޓޭޑިއަމުން ތަޅާލާފައިވާ ބައި އަލުން ރާނާދީ، ރާނާބައިގެ ފާރުން މައްޗަށް 18 ފޫޓަށް ޓެނިސް ދައު ޖަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
# |
ތަފްޞީލް |
ތާރީޚް |
ގަޑި |
ތަން |
1 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
20 ސެޕްޓެމްބަރ 2018 (ބުރާސްފަތި) |
10:00 |
ކައުންސިލްއިދާރާ ޖަލްސާކުރާ މާލަން |
2 |
އަންދާސީ ހިސާބު ހުށަހެޅުން |
25 ސެޕްޓެމްބަރ 2018 (އަންގާރަ) |
10:00 |
ކައުންސިލްއިދާރާ ޖަލްސާކުރާ މާލަން |
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރަ ބޭރުގައި "ޓާޓުލް ސްޓޭޑިއަމްގެ ވަށާފާރު ރޭނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އެގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓްތަކާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އއަންދާސީ ހިސާބު ހުށަހަޅަންވާނީ، އަމިއްލަ ފަރުދެއްނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮޕީއެއް އަދި ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ އެތަނެއްގެ ރަޖިސްޓަރޭޝަން ސެޓްފިކެޓްގެ ކޮޕީ އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600006 މިނަންބަރާ ގުޅުއްވުން އެދެމެވެ.
02 މުޙައްރަމް 1440
12 ސެޕްޓެމްބަރ 2018