ދިވެހިރާއްޖެ
އިޢުލާނު
މިކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަމްބަރު: T3820 ، 1.5 ޓަނުގެ ޕިކަޕް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަމްބަރު: (IUL)374-D/374/2018/98 ( 2018 އޯގަސްޓް 13 ) ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތެއް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިނުވާތީ އެއިއުލާން ބާޠިލްކޮށް އަލުން އިއުލާން ކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި ޕިކަޕް މަރާމާތުކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ސެޕްޓެންބަރ 19 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2018 ސެޕްޓެންބަރ 25 ވާ އަންގާރަ ދުވަހު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ޕިކަޕް މަރާމާތުކޮށްދިނުންމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި ގަޑިޖެހިގެން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
09 ސެޕްޓެންބަރ 2018
ޢަލީ މުޙައްމަދު
ފ. ނިލަންދޫ ކައުންސިލްގެ ނައިބުރައީސް