ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)382/382/2018/53
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 17:55
ސުންގަޑި: 20 ސެޕްޓެންބަރު 2018 13:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 ނަންބަރ:IUL)382/382/2018/53)

އިޢުލާނު

މަޤާމުގެ ނަންބަރު: J-297234

ބޭނުންވާ އަދަދު: 1

މަޤާމުގެ ގިންތި: ވަގުތީ

މަޤާމުގެ ރޭންކް: އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން: ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ / ތ.ބުރުނި

މުސާރަ: -/3100

ސަރވިސް އެލެވަންސް: -/1000

އެހެނިހެން އެލަވަންސް:ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

  1. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:ކައުންސިލް އިދާރާގެ ގޯތިތެރެ އާއި ވަށައިގެންވާ މަގުތައް ކުނިކަހާ ސާފުކޮށް ބެހެއްޓުމާއި، ގޯތިތެރޭގައި ގަސް އިންދާ ހެއްދުމަށް މަސައްކަތް ކުރުމާއި ގަސްތަކަށް ފެންދިނުން އަދި ގަސްތައް ކޮށާ ބެލެހެއްޓުން
  2. ކައުންސިލްގެ އިދާރާގައި ދައުލަތުގެ ދިދަ ޤަވާޢިދުން ނަގައި ތިރިކުރުމާއި އެކިއެކި މުނާސަބަތާއި ގުޅިގެން ދައުލަތުގެ ދިދަ ޖެހުމަށް ކައުންސިލުން އަންގާތަންތަނުގައި ދިދަ ޖަހައި ޒީނަތްތެރިކުރުން.
  3. ކައުންސިލްގެ އިދާރާއަށް ހާޟިރުކުރަންޖެހޭ މީހުން އިދާރާއަށް ޚާޟިރުވުމަށް އެންގުމާއި އިދާރާއިން ޢާއްމުކުރަންޖެހޭ ލިއުންތަކާއި އިޢުލާނުތައް ޢާއްމުންނަށް ފެންނަ ގޮތަށް ނޯޓީސް ބޯޑުގައި ބެހެއްޓުމާއި މުއްދަތު ހަމަވާ ލިޔުންތައް ނޯޓިސް ބޯޑުން ނެގުން
  4. ކައުންސިލް އިދާރާގެ ހުރިހާ ދޮރުތަކެއްގައި ހުންނަ ހިރަފުސްތައް ސާފްކުރުމާއި ތަޅުމުގައި މޮޕްލައި ސާފްކުރުމާއި ދޮރުތަކުގައި ލައްވާފައިވާ ބިއްލޫރިތަކުގެ ހިރަފުސް ފޮޅާ ސާފްކުރުމާއި ދޮރުތަކުގައި ދަމާފައިވާ ދޮރުފޮތިތައް ދޮވުން އަދި ކައުންސިލް އިދާރާގެ ފަރުނީޗަރުތަކާއި  މެސިނަރީތުގައި ހަރުލާ ހިރަފުސްތައް ފޮޅާ ސާފްކުރުން
  5. ކައުންސިލްގެ އިދާރާއަށް މާލެއިންނާއި އެހެނިހެން ރަށްރަށުން ގެންނަ ތަކެތި އެތަކެއްޗެއް ގެނައި އުޅަނދަކުން ބޭލުމުން ފަރުވާތެރިކަމާއެކު އެއެއްޗެއް ގެންދަންޖެހޭ ތަނަކަށް ގެންދިއުން.
  6. ކައުންސިލް އިދާރާގެ ފާޚާނާތައް ދުވާލަކު 1 ފަހަރު ރަނގަޅަށް ސާފް ބެލެހެއްޓުމާއި އިމާރާތުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތަކުގެ ފިލްޓަރ (ދާގަނޑު)  ސާފްކުރުން
  7. މަސައްކަތަށް ނިކުމެ ކޮންމެ ދުވަހަކު އިދާރާގެ އެއަރކޮންޑިޝަންތައް ޖައްސައި އަދި ރަސްމީގަޑި ނިމުމުން ކޮންމެހެން ނިންވަންޖެހޭ ދިއްލުންތައް ނިންވުން
  8. އިމާރާތުގައި ހަރުކޮށްފައިވާ ދިއްލުމެއް އަނދައިފިނަމަ އަނދާފައިވާ ދިއްލުމުގެ ބަދަލު އާ ދިއްލުމެއް ހަރުކުރުން.
  9. ކައުންސިލްގެ އިދާރާގެ މުއައްޒަފުންގެ މޭޒުކައިރީގައި ބަހައްޓާފައިވާ ޑަސްބިންތަކުގައި ހުންނަ ލިޔުންތައް ރައްކާތެރިކަމާއެކު އެންދުން.
  10. ކައުންސިލްގެ އިދާރާގެ ބެލުމުގެ  ދަށުގައިވާ އިމާރާތުގެ ކޮޓަރިއެއް ކުއްޔަށް ދިނުމަށްހަމަޖައްސައިފިނަމަ އެކޮޓަރިއެއް ކުއްޔަށް ދިނުމުގެ ކުރިން ކޮޓަރިއާއި ފާޚާނާ އަދި ފަންކާ ނުވަތަ އެއަރކޯން ރަނގަޅަށް ސާފްކުރުމާއި ކޮޓަރީގެ އެނދުގައި ބެޑުސީޓްއަޅައި ކޮޓަރި ތައްޔާރު ކުރުން އަދި ކޮޓަރި ކުއްޔަށް ހިފި ފަރާތް ކޮޓަރި ދޫކޮށްލާއިރު އެކޮޓަރީގެ ތަޅުދަނޑި ހޯދައި ކައުންސިލްގެ އިދާރާއާއި ޙަވާލު ކުރުން.
  11. ވާރޭވެހޭ ދުވަސްވަރުގައި ކައުންސިލްގެ އިދާރާގެ ފުރާޅާއި ދިޔަދޮވި ރަނގަޅަށް ދޮވެސާފްކޮށް ވާރޭފެން ނެގުމަށް ބަހައްޓާފައިވާ ހަމަށް ވާރޭފެންންނެގުމާއި، އެއްޗެއް ނުވެއްޓޭނެ ގޮތަށް ފެންހަން ރަނގަޅަށް މަތިޖަހައި ބަންދުކުރުން.
  12. ކައުންސިލްގެ ފަރާތުން ރައްޔިތުންނާ ބައްދަލު ކުރުމަށް ނިންމައި ރައްޔިތުންނަށް ދަންނަވަން ބުނެފިނަމަ އެތަނަކަށް ޙާޟިރުވުމަށް ރައްޔިތުންނަށް އެންގުމާއި އެއިކި ކޮމިޓީތަކަށް ކިއުމާއި ޖަލްސާތަކަށް ކިއުން.  ބައްދަލުވުން ބާއްވާތަން ސާފްކޮށް ގޮނޑިޖެހުން

 

  މަޤާމުގެ ޝަރުޠުތައް:   ލިޔަންކިޔަން އެނގުން

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ބުރުނީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

ކެޓެގަރީގެ އިންސައްތަ

 

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

25

21

 

26

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

 

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

48

48

ޖުމްލަ

185

100

100

ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ސެޕްޓެންބަރު 2018 ގެ 13:00 ގެ ކުރިން، ބުރުނީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6780038 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 އޮކްޓޯބަރ 2018 އާއި 07 އޮކްޓޯބަރ 2018 އާ ދެމެދު، ބުރުނީ ކައުންސިލްގެ އިދާރާ ގައެވެ.

ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780038 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6780038 އެވެ. އީ-މެއިލް ކުރާނީ      [email protected] އަށެވެ.

 

                 30 ޒުލްޙިއްޖާ 1439ހ

                 10 ސެޕްޓެންބަރ 2018މ

10 ސެޕްޓެންބަރު 2018