ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)219-MS/1/2018/3
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 17:01
ސުންގަޑި: 18 ސެޕްޓެންބަރު 2018 13:30
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، އިނާމުތަކަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

      މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ކުރެވުނު އިއުލާނު ނަންބަރު:IUL)219-MS/1/2018/02) 

(14 އޯގަސްޓު 2018) އިއުލާނާ ގުޅިގެން އެކަށީގެންވާވަރަށް ހުށަހެޅުންތައް ލިބިފައިނުވާތީ، 18 ސެޕްޓެންބަރު 2018 ވާ އަންގާރަ ދުވަހުގެ 13:30 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފީމެވެ.

މި އިނާމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު މިހާރުވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:  

 (ހ) އިޖްތިމާޢީ ދާއިރާ

(ށ) ސިޔާސީ ދާއިރާ

(ނ) ޝަރުޢީ އަދި ޤާނޫނީ ދާއިރާ

(ރ) ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ

(ބ) ކުޅިވަރުގެ ދާއިރާ

(ޅ) ފޮޓޯ ޖާރނަލިޒަމްގެ ދާއިރާ

(ކ) ވީޑިއޯ ޖާރނަލިޒަމްގެ ދާއިރާ

(އ) ފީޗަރ ލިއުމުގެ ދާއިރާ

މީގެ އިތުރުން، އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު ހިމެނެއެވެ.

      މި އިނާމުތަކަށް ކުރިމަތިލާނީ ނުވަތަ ނަން ހުށަހަޅާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުންނެވެ. މި ދެ ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، " މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު " މި އިއުލާނާއެކު އާންމުކޮށްފައިވާނެއެވެ.

      ވީމާ، މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުންނާއި ނަން ހުށަހަޅާ ފަރާތްތަކުން 2018 ސެޕްޓެންބަރު 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995 ނަންބަރު ފޯނަށް ނުވަތަ 3003886 ނަންބަރު ފޯނުން ލިބޭނެއެވެ.

 

30  ޛުލްހިއްޖާ  1439

10 ސެޕްޓެންބަރު 2018