1. އިމާރާތްތަކުގެ ފުރާޅުތަކާއި ދިޔަދޮވިތައް އަންގާ ގޮތެއްގެ މަތިން ސާފުކުރުން.
2. ހަވާލުކުރެވިފައިވާ ކްލާސްރޫމްތަކާއި އޮފީސް، ސްޓާފްރޫމް އަދި ލައިބްރެެރީ ކޮންމެ ދުވަހަކު ސެޝަން ނިމުމުން ފޮޅާ ސާފުކޮށް މޮޕްޖަހާ ސާފުކުރުން. އަދި ހަފްތާއަކު އެއްފަހަރު ޙަވާލުކުރެވިފައިވާ ތަންތަނުގެ ދޮރާއި ދޮރުފަތްތަކާއި ކުޑަދޮރުތަކުގެ ބިއްލޫރިތަކާއި އަދި ފަންކާތައް ސާފުކޮށް ބެލެހެއްޓުން. (ކުނިއުކާލާއިރު އެއްވެސް ލިޔެކިޔުމެއް އުކާލައިގެން ނުވާނެއެވެ. އެފަދަ ތަކެތި ނައްތާލަންވާނީ އަންދައިގެންނެވެ.)
3. ކޮންމެ ދުވަހަކު ސެޝަންތެރޭގައި ކުދިންގެ ފާހާނާތައް ސާފުކޮށް ބެލެހެއްޓުމާއި އެކު ފާހާނާއަށް އަންނަ ކުޑަކުދިންނަށް އެހީތެރިވުން އަދި ސެޝަން ނިމުމުން ފާޚާނާތައް ރަނގަޅަށް ސާފުކުރުން.
4. ސްކޫލް ގޯތިތެރޭގައި ހައްދާފައިހުރި ގަސްތަކުގެ ގޮފިތައް ކޮށާ، ސާފުކޮށް ބެލެހެއްޓުން.
5. ސްކޫލްގައި ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކާއި އަދި އިމްތިޙާނުތަކަށް ހޯލުތައްޔާރު ކުރުމާއި އެކަން ނިމުމުން ކުލާސްތައް ރޭވުން.
6. ޙަވާލުކުރެވޭ އެންމެހާ މެޝިނަރީތައް ކޮންމެ ދުވަހަކު ފޮޅާ ސާފުކޮށް ބެލެހެއްޓުން.
7. އިތުރު ހަރާކާތްތައް ހިންގާ ވަގުތުތަކާއި ދުވަސްތަކުގައި ސްކޫލުން އަންގާގޮތެއްގެމަތިން މަސައްކަތްކުރުން.
8. އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ލިޔެކިޔުންތައް ހަވާލުކުރުމާއި ދަންނަވަންޖެހޭ ފަރާތްތަކަށް ދެންނެވުން.
9. ސްކޫލް ގޯތިތެރެއާއި ސްކޫލު ހިމެނޭ ސަރަޙައްދުގެ މަގުތައް ކުނިކަހައި ސާފުކުރުން.
10. މަސައްކަތު މުވައްޒަފެއް ސަލާމުގައި ހުންނަ ދުވަހެއްނަމަ އޭނާ ކުރަންޖެހޭ މަސައްކަތްތައް ކަޑައެޅިފައިވާ އުޞޫލުން ކުރުން.
11. ސްކޫލްގެ ފެން ހަންތައް ސާފުކޮށް ފެންނެގުން.
12. އަދި މިނޫނަސް ވަޒީފާގެ މަސްޢޫލިއްޔަތާއި ގުޅޭ މަސައްކަތްކުރުން.
|