މަސައްކަތް
ނަންބަރު: (IUL)227-ID/227/2018/48
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 20 ސެޕްޓެންބަރު 2018 11:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ފޭދޫ މަސްޖިދުލް އީމާން މަރާމާތުކުރުން

އިޢުލާން

           ށ. ފޭދޫ ގައި އަލަށް އިމާރާތް ކޮށްފައިވާ މިސްކިތް (މަސްޖިދުލް އީމާން) ގައި ކުރަން ހުރި ބައެއް މަރާމާތު އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ އެވެ.

           ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 16ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ނުވަތަ ށ. ފޭދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ސެޕްޓެމްބަރ 20 ވާ ބުރާސްފަތި  ދުވަހުގެ 11:00 އަށް މިއިދާރާއަށް ނުވަތަ ށ.ފޭދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކާއި ލޯކަލް އިންވެސްޓްމަންޓްތަކަށެވެ.

           މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                30 ޛުލްހިއްޖާ   1439

                10 ސެޕްޓެމްބަރ 2018       

10 ސެޕްޓެންބަރު 2018