ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-DS2/138/2018/130
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި:
30 ސެޕްޓެންބަރު 2018 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސަރުކާރުގެ "ހިޔާ" މަޝްރޫޢުގެ ދަށުން ހއ.ދިއްދޫ ރައްޔިތުންނަށް ޙާއްސަކޮށް ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނަ ތާރީޚަށް ބަދަލުއައުމާއި ގުޅޭ.
މިމިނިސްޓްރީގެ ނަންބަރު (IUL)138-DS2/138/2018/106 (30 ޖުލައި 2018) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
ސަރުކާރުގެ "ހިޔާ" މަޝްރޫޢުގެ ދަށުން ހއ.ދިއްދޫ ރައްޔިތުންނަށް ޙާއްސަކޮށް ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ފޯމު ހުށަހެޅުމާއި ބަލައިގަތުމުގެ މުއްދަތު އިތުރުކުރުމަށް ވަރަށް ގިނަ ފަރާތްތަކަކުން އެދިލައްވަމުން ގެންދަވާތީ، މިހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު 30 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 14:00 އާހަމައަށް މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ކައުންޓަރުންނާއި ހއ.ދިއްދޫ ފެނަކަ ރީޖަނަލް އޮފީހުންކަމުގައި ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
10 ސެޕްޓެންބަރު 2018