ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2018/48
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި: 17 ސެޕްޓެންބަރު 2018 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސަޕޯޓް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސަޕޯޓް އެސިސްޓެންޓް

ވަޒީފާގެ ދާއިރާ:

  • ވ.ކެޔޮދޫ އިންޖީނުގެ
  • ކ.ކާށިދޫ އިންޖީނުގެ

ބޭނުންވާ ޢަދަދު:

01 ( ކޮންމެ އިންޖީނުގެއަކަށް )

އަސާސީ މުސާރަ:  

މަހަކު -/3,500ރ ( ތިންހާސް ފަސް ސަތޭކަ ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު:

  • އަސާސީ ތަޢުލީމް ފެންވަރު ހުރުން
  • މިމަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން

ދާއިރާގެ މައިގަޑު މަސައްކަތް:

  • އޮފީސް އިމާރާތް ކުނި ކަހާ ފޮޅާ ސާފުކުރުމާއި ކުނިއުކާލުން.
  • ހެޑް އޮފީހުން އިންޖީނުގެއަށް ފޮނުވާ ލިޔެކިއުންތަކާއި މުދާ ފެރީ އިން ނެގުމާއި އިންޖީނުގެ އިން ހެޑް އޮފީހަށް ފޮނުވާ ލިޔެކިއުންތަކާއި މުދާ ފެރީއަށް ލުން.
  • އިންޖީނުގޭގެ އޮފީސް އިމާރާތުގެ ފާޙާނާތައް ސާފުކޮށް ބެލެހެއްޓުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2018 ސެޕްޓެމްބަރ 17 ވަނަ ދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ހޮވުމުގައި އަންހެން ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަތީގައިވާ މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 17 ވަނަ ދުވަހުގެ ކުރިން ވަޒީފާއަށް އެދި ސިޓީއާއިއެކު އައިޑީ ކާޑުގެ ކޮޕީ އަދި އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އެރަށެއްގެ އިންޖީނުގެއަށް ހުށަހެޅުއްވުން އެދެމެވެ.

 

                        30 ޛުލްޙިއްޖާ 1438

                        10 ސެޕްޓެމްބަރ 2018      

10 ސެޕްޓެންބަރު 2018