ދިވެހިރާއްޖެ
މިސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި، މި ސުކޫލްގެ އައު އިމާރާތުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ޅައިމަގު ސުކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން. | ޅައިމަގު ސްކޫލް އޮފީސް |
މަޢުލޫމާތު ސާފުކުރެއްވުން. | 18 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 13:00 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން. | 25 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 13:00 ގައި |
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.