ދިވެހިރާއްޖެ
GS66/IUL/2018/38
އިޢުލާން
އޮފީސް އިމާރާތުގެ އަސްކަނި އަދި އޮފީސް މަރާމާތު ކުރުމުގެ މަސައްކަތް
ވިއްސާރައިގެ ސަބަބުން ގެއްލުންލިބިފައިވާ މި ސްކޫލުގެ އޮފީސް އިމާރާތުގެ އަސްކަނީގެ ސީލިންގް އަދި ދިޔަދޮވި ބަދަލު ކުރުމާއި އޮފީސް އިމާރާތުގެ އެތެރޭގެ މަރާމާތު މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
ވީމާ އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބުހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
ތާރީޚާއި ގަޑި: 19 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހުގެ 13:30 ތަން: ތޮއްޑޫ ސްކޫލް |
ތާރީޚާއި ގަޑި: 25 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހުގެ 13:30 ތަން: ތޮއްޑޫ ސްކޫލް |
އަދި ދަންނަވަމެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "އޮފީސްއިމާރާތުގެ އަސްކަނި އަދި އޮފީސް މަރާމާތު ކުރުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަންތަކާއި އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ދިނުމާއި ބިޑުހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެފަރާތަކީ ކާކުކަންބަޔާންކޮށް، އެފަރާތެއްގެ އައިޑީ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުންވަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660819 ނަމްބަރ ފޯނާއެވެ.
29 ޛުލްޙިއްޖާ 1439
09 ޑިސެމްބަރ 2018