ދިވެހިރާއްޖެ
ސްކޫލް އޮފް ނަރސިންގ
ނަންބަރު:11/2018/MED-153-SN
އިޢުލާން
ސްކޫލް އޮފް ނަރސިންގ އިން ދަރިވަރުންނަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭވުމަށް ހަމަޖެހިފައިވާ ޕްރެކްޓިކަލް އެގްޒަމިނޭޝަންތަކަށް، އެކްސްޓަރނަލް އެގްޒަރމިނަރުން ބޭނުންވެއެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 ސެޕްޓެންބަރު 13 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން މިސްކޫލަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެގްޒާމްތަށް ކުރިއަށް ދާނީ މިއަހަރުގެ ސެޕްޓެންބަރު އިން ނޮވެންބަރުގެ ނިޔަލަށްށެވެ.
ފެންވަރު ނުވަތަ ޝަރުތު: ގުޅޭ ދާއިރާއިން އެންމެ ދަށްވެގެން ޑިގްރީ ނުވަތަ އެއާއި އެއްވަރު ސަނަދެއް ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
ހުށަހަޅަންޖެހޭ ލިއުންތައް:
1. ތަޢުލީމު ފުރިހަމަ ކޮށްފައިވާކަމުގެ ސަނަދު (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު)
2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ