ދިވެހިރާއްޖެ
ނަންބަރ: (IUL)242/242/2018/30
އިޢުލާން
މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. ވީމާ މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ސެޕްޓެމްބަރ2018 ވާ ބުރާސްފަތި ދުވަހުގެ4:00 1 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
ވަޒީފާގެ ފުރުޞަތު |
މަޤާމު: |
ކޮމްޕިއުޓަރ ޓެކްނީޝަން |
|||
މަޤާމު ނަންބަރ: |
J-242453 |
ބޭނުންވާ އަދަދު: |
01 |
|
ރޭންކް: |
އެމް.އެސް 1 |
ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|
މަޤާމުގެ ގިންތި: |
ދާއިމީ |
ސަރވިސް އެލަވަންސް: |
2000.00 ރުފިޔާ |
|
މުސާރަ: |
5610.00 ރުފިޔާ |
ސަޕޯޓިންގ ކޯއެލަވަންސް: |
700.00 ރުފިޔާ |
|
ސެކްޝަން |
އެޑްމިން އެންޑް އެޗްއާރ |
އޮފީސް: |
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގދ. ތިނަދޫ |
|||
މަޤާމުގެ ޝަރުތު: |
1- މާޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. 2- މަޤާމްގެ ދާއިރާ: އިންފޮމޭޝަން ޓެކްނޮލެޖީ 3- ތަޢުލީމީ ރޮގުން އިންފޮމޭޝަން ޓެކްނޮލެޖީ އަދި ކޮމްޕިއުޓަރ ސައިންސް |
|||
މަޤާމުގެ މަސްއޫލިއްޔަތު |
|
|||
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް |
|
|||
އިންޓަވިއު އަދި ޕްރެސެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު |
މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއި އެކު ބާއްވާ އިންޓަވިއު މި އިޢުލާނުގެ މުއްދަތު ހަވަމާތާ ރަސްމީ 10 ދުވަސް ދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވޭނެއެވެ.ދިމާވާ ސަބަބަކާ ހުރެ އިންޓަވިއު ފަސްވާނަމަ އެކަން އެ ފަރާތްތަކަށް އެންގޭނެއެވެ. |
|||
މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި |
މިވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމް ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަން ޖެހޭލިޔުންތައް 20 ސެޕްޓެމްބަރ2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަށް ހުށަހެޅުމަށް އެދެމެވެ.
|
|||
އުޖޫރައާއި އިނާޔަތްތައް: |
ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތަށް ސިވިލްސާރވިސް މުވައްޒަފުންނަން ދެވޭ އިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
|
|||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.) 2. ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކުރެވިފައިވާ ) 3- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް 4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 5-ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު) 6- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް. |
|||
އިތުރު މަޢުލޫމާތު |
މިއުލާނާއި ގުޅިގެން މައުލޫމާތެއް ސާފްކުރައްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 6841032 ނަންބަރު ފޯނާއެވެ. |
|||
26 ޛުލްހިއްޖާ 1439
06 ސެޕްޓެމްބަރ 2018
މުޙައްމަދު ނާސިޙް ރަޝީދު
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ ރައީސް