ވަޒީފާގެ ފުރުޞަތު
ނަންބަރު: GS113/2018/213
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 08:16
ސުންގަޑި: 16 ސެޕްޓެންބަރު 2018 13:00
ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އެޑްމިނިސްޓްރޭޓަރ ވަގުތީ)

މަޤާމް:                         އެޑްމިނިސްޓްރޭޓަރ

މަޤާމުގެ ނަންބަރު:                   J-275110

ބޭނުންވާ އަދަދު:                    01 (އެކެއް)

މަޤާމުގެ ގިންތި:                     ވަގުތީ

މަޤާމުގެ ރޭންކް:                     އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:                އެސިސްޓަންޓް ޑިރެކްޓަރ

ސެކްޝަން:                        އިދާރީ

މަޤާމް އޮތް އޮފީސް:                   ކުޑަފަރީ ސްކޫލް/ ނ. ކުޑަފަރި

ވަޒީފާ އަދާކުރަން ޖެހޭ ތަން:              ކުޑަފަރީ ސްކޫލް/ ނ. ކުޑަފަރި

މުސާރަ:                         -/7035

ސަރވިސް އެލެވަންސް:                 މަހަކު-/2000

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

ދާއިރާ: - ބިޒްނަސް އެޑްމިނިސްޓްރޭޝަން

-         ބިޒްނަސް މެނޭޖްމަންޓް

-         ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސަރުކާރުގެ ފައސާއާއި ބެހޭ ޢާންމު ޤަވާޢިދުތަކާއި ހަމަތަކުގެ މަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއެކު މިޚަރަދުތައް ކުރެވޭ ގޮތާއި ޚަރަދުތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން
  2.  އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެ ގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުވުން 
  3. ސްކޫލްގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާއި ގުޅޭގޮތުން ވެރިއެއްގެ ޙައިސިއްޔަތުން ބަލަހައްޓަން ޖެހޭ ކަންތައްތައް ބެލެހެއްޓުން
  4. ސްކޫލްގެ އިދާރީ ކަންކަމާއި ގުޅޭ މަސައްކަތްތައް ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ހިންގުމާއި އަދި އެކަންކަން ހަރުދަނާ ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން
  5. ސްކޫލްގެ ޢިމާރާތްތަކާއި ތަކެތި އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވުން
  6. ސްކޫލްގެ އެންމެހައި ޢިމާރާތްތައް މަރާމާތު ކުރުވުމާއެކު ބެލެހެއްޓުން
  7. ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީގެ އެންމެހައި ކަންތައް ބެލެހެއްޓުން 
  8. ކިޔަވައިދިނުމާއި ސީދާ ގުޅުމެއް ނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން
  9. ސްކޫލްގެ އެންމެހައި ޢިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުން   

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމްގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު ، މަޤާމްގެ މަސައްކަތު ދާއިރާއެއްގައި މަދުވަގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ނުވަތަ،

  1. މަޤާމްގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު ، މަޤާމްގެ މަސައްކަތު ދާއިރާއެއްގައި މަދުވަގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ނުވަތަ،

  1. މަޤާމްގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 9 ން ފެށިގެން މަތީ ސަނަދެއް ޙާސިލް ކޮށްފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  

މިޑްލް މެނޭޖްމަންޓް ސަރވިސް ( އެމް. އެސް 3 )

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

85

30

35

މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

" ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ތަޖުރިބާ

28

15

15

ލިބިފައިވާ ހުނަރު

އިންޓަވިއު / ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

255

100

100

މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތައަށްވުރެ މަތިވާންޖެހޭނެއެވެ.

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް /ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )
  • މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ

ü     ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ü     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ

ü     މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

  • ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ،  އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްޢޫލިއްތަތު ބަޔާންކޮށް އެއޮފީހަކުންދޫކޮށްފައިވާ ލިޔުން
  • §        އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާ ކޮށްފައިވާ ވަޒީފާ، ވަޒީފާއަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޯކޮށްފައިވާ ލިޔުން، ނުވަތ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ނ.ކުޑަފަރީ ސްކޫލް ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018  ސެޕްޓެމްބަރ 16 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ކުޑަފަރީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް  ވަޒީފާއަށް އެދޭފޯމް ބަލައި ގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، އިއުލާން ގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން 07 ދުވަސް ތެރޭގައި  ނ. ކުޑަފަރީ ސްކޫލު ގައެވެ. ވުމާއިއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6561802 ނަންބަރު ފޯނާއެވެ.  

09 ސެޕްޓެންބަރު 2018