ދިވެހިރާއްޖެ
މި އިޢުލާންވަނީ 08 ސެޕްޓެންބަރު 2018 19:37 ގައި ބާތިލް ކުރެވިފައެވެ.
ނަންބަރު: BAM/IUL/2018/45
އިޢުލާން
ވިލިމާލެ ބެޑްމިންޓަން ކޯޓުގައި އެޅުމަށް މެޓް ހޯދުން
ވިލިމާލެ ޔޫތް ސެންޓަރުގެ އިންޑޯ ހޯލުގައި އޮތް ބެޑްމިންޓަން ކޯޓުގައި އެޅުމަށް މެޓެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މެޓް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ސެޕްޓެމްބަރު 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:00 ށް، މި އެސޯސިއޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ސެޕްޓެމްބަރު 2018 ވާ އާދީއްތަ ދުވަހުގެ 14:00 ށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެއް ނޭޅުއްވޭނެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 4:00 ށް، މި އެސޯސިއޭޝަންގެ ފޯން ނަމްބަރު (3314057) ށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
08 ސެޕްޓެމްބަރު 2018