ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: (IUL)412/412/2018/16
ބޮނޑަގަލު އުފާ ކުއްޔަށް ދޫކުރުން:
ކޮނޑޭ ބަނދަރު ސަރަހައްދުގައި ކައުންސިލުން ހަދާފައިވާ ފިނި މައިޒާން "ބޮނޑަ ގަލު އުފާ" ކޮފީ ޝޮޕް ހިންގުމަށް 3 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، ބޮނޑަގަލު އުފާ ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 13 ވަނަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފް ކުރެއްވުމަށްފަހު 2018 ސެޕްޓެމްބަރ 20 ވަނަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފް ކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ހާޟިރުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
06 ސެޕްޓެމްބަރ 2018