ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 1/2002 ( ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ) ގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މި މިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމުގެ ތެރެއިން، ހ. ފޭވައިޓްސް ގޯތީގެ އިރުން އޮތް 802.77 އަކަފޫޓުގެ ބިން ބީލަމުގެ އުސޫލުން، އަގުހުށަހެޅުމުގެ ފުރުޞަތު، ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ހުޅުވައިލައިފީމެވެ.
ބިން ގަތުމަށް، ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 10,000/- (ދިހަ ހާސް ރުފިޔާ) ގެ ރޭޓުންނެވެ. މީގެ އިތުރުން ބިން އަމިއްލަ ކުރުމަށް އަގު ދައްކަވަން ޖެހޭނެއެވެ. ބިން ގަތުމަށް އެދުވަހަކު ހުށަހަޅާ އެންމެ މަތީ އަގު، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން، މި މިނިސްޓްރީގެ ނޯޓިސް ބޯޑުގައާއި ވެބްސައިޓްގައި ޝާއިޢު ކުރެވޭނެއެވެ.
ބިންވެރިކުރުވުމުގެ މި ޕްރޮގްރާމުގައި ހިމެނިގެން ވިއްކުމަށް ކަނޑައެޅިފައިވާ ބިންތަކާބެހޭ މަޢުލޫމާތު ޝީޓް އާއި އަގު ހުށަހަޅާ ފޯމް، 09 ސެޕްޓެމްބަރ 2018 ވާ "އާދިއްތަ" ދުވަހުން ފެށިގެން މި މިނިސްޓްރީގެ ރިސެޕްޝަން ކައުންޓަރުން ލިބި ވަޑައިގަންނަވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓު އިން www.housing.gov.mv) ( ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
09 ސެޕްޓެމްބަރ 2018 އިން 20 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ގެ 14:00 ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު މި މިނިސްޓްރީގެ ރިސެޕްޝަން ކައުންޓަރުން އަގު ބަލައިގަންނާނެ އެވެ.
އަގު ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. އަގު ހުށައަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް ސިޓީއުރައިގެ ބޭރުގައި، ލިޔެފައި އޮންނަންވާނެއެވެ. އަދި " މާލެސިޓީއިން ބިންގަތުމަށް " މިހެން ލިޔެފައި އޮންނަންވާނެއެވެ.
އަގު ހުށަހަޅަން ހަމަޖެހިފައިވާ ގަޑީގެފަހުންނާއި އޭގެ ކުރިން ގެންނަ ފޯމްތައް ބަލައެއް ނުގަނެވޭނެއެވެ. އަދި މި މިނިސްޓްރީން ދޫކުރާ ފޯމުގައި ނޫން އެހެނިހެން ގޮތްގޮތަށް ހުށައަޅުއްވާ އަގުތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފޯމްތައް ބާޠިލް ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3004221 ނުވަތަ 3004300 ފޯނުން އެކްސްޓެންޝަން ނަންބަރު 221 އާ، ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.