މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2018/62
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 10 ސެޕްޓެންބަރު 2018 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ކޮޓަރިއަކަށް ފެން ލީކުވާ މައްސަލަ ހައްލުކުރުމަށް

މި އިޢުލާންވަނީ 19 ސެޕްޓެންބަރު 2018 15:41 ގައި ބާތިލް ކުރެވިފައެވެ.


މި އޮފީސް ހިނގަމުންދާ ޣާޒީ ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއަކަށް ފެން ލީކުވާތީ، އަމިއްލަ ތަކެތީގައި މިމައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 ސެޕްޓެމްބަރު 2018 ވާ ހޯމަ ދުވަހު 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 17 ސެޕްޓެމްބަރު 2018 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި އެދުވަހެއްގެ 14:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ވަޑައިގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

06 ސެޕްޓެންބަރު 2018