މަސައްކަތް
ނަންބަރު: (IUL)438-ENV/438/2018/241
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 26 ސެޕްޓެންބަރު 2018 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެޗް.ސީ.އެފް.ސީ ފޭސް އައުޓް މެނޭޖްމަންޓް ޕްލޭންގެ ދަށުން ކުރިއަށްގެންދާ ފިޝަރީޒް ޑެމޮންސްޓްރޭޝަން ޕްރޮޖެކްޓްއަށް R448A ގޭސް ހޯދުމާއި ބެހޭ

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

  

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެޗް.ސީ.އެފް.ސީ ފޭސް އައުޓް މެނޭޖްމަންޓް ޕްލޭންގެ ދަށުން ކުރިއަށްގެންދާ ފިޝަރީޒް ޑެމޮންސްޓްރޭޝަން ޕްރޮޖެކްޓްއަށް R448A ގޭސް ހޯދުމަށް ބޭނުންވެއެވެ.  

ބީލަން ހުށަހެޅުން

ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަންފޮތުގައި ހިމެނިފައިވާ މަޢުލޫމާތާއި އެއްގޮތަށް ބީލން ހުށަހެޅުއްވުން އެދެމެވެ. މަސައްކަތުގެ ބީލަން ފޮތް މިމިނިސްޓްރީގެ ވެބް ސައިޓް www.environment.gov.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންވެއްޖެނަމަ ލިޔުމުން މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ޖހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރ 2018 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތަށް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައިވާ މި ދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3018300

ފެކްސް: 3018301

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

06 ސެޕްޓެންބަރު 2018