ދިވެހިރާއްޖެ
އައްޑޫ ސިޓީގައި ހިމެނޭ ރަށްތަކުގައި 2017 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުން މިހިނގާ ސެޕްޓެންބަރު މަހުގެ 13 އަދި 14 މިދެދުވަހު އައްޑޫ ސިޓީގައި އޮންނާނެއެވެ. ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް ތިރީގައި އެވަނީއެވެ.
ތާރީޚް |
ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ގަޑި |
ރަށް |
ޒަކާތް ބެހުމުގެ މަސައްކަތްކުރާ ތަން |
13 ސެޕްޓެންބަރު 2018 (ބުރާސްފަތި) |
09:30 ން 13:30 އަށް |
މަރަދޫ، މަރަދޫފޭދޫ |
ތަދުރީސުލް ޤުރުޢާން ކުލާސް (ސ.މަރަދޫ) |
ފޭދޫ |
ލޭންޑް އެންޑް ބިލްޑިންގ މުނިސިޕަލް ސަރވިސް ޑިޕާޓްމެންޓް (ސ.ފޭދޫ) |
||
ހުޅުދޫ، މީދޫ |
ނަސްރިއްޔާ ޕްރީ ސްކޫލް |
||
20:30 ން 22:30 އަށް |
ހިތަދޫ |
އައްޑޫ ހައި ސުކޫލް |
|
14 ސެޕްޓެންބަރު 2018 (ހުކުރު) |
14:30 ން 16:00 އަށް |
ހިތަދޫ |
އައްޑޫ ހައި ސުކޫލް |
އަދި ދަންނަވަމެވެ. ފަޤީރުންގެ ލިސްޓުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށް ޒަކާތް ދޫކުރެވޭނީ އައި.ޑީ ކާޑު، ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑުގެ އަސްލު ގެނައުމުންނެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތަކީ ޒަކާތުގެ ޙައްޤުވެރިޔާ ފޮނުއްވި ފަރާތެއްކަމަށް ބަލައި އެފަރާތާއި ޒަކާތުގެ ފައިސާ ޙަވާލުކުރެވޭނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގެންނަވާ ނަމަ، އެފަރާތަށް ޒަކާތް ދޫކުރެވޭނީ ޒަކާތުގެ ޙައްޤުވެރިޔާގެ އިސްވެ ދެންނެވުނު ލިޔުންތަކުން ލިޔުމެއް ގެންނެވުމުންނެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ އަސްލު ގެންނެވުމުން ކަމުގައި ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ޛުލްޙިއްޖާ 1439