މަސައްކަތް
ނަންބަރު: (IUL)231-AH/231/2018/55
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 24 ސެޕްޓެންބަރު 2018 13:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. އަތޮޅު ކައުންސިލް އިދާރާގެ އިމާރާތް މަރާމާތުކުރުން

ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޢިމާރާތުގެ ބައެއްފައުރު ތަޅައި، ރޭނުމާއި، ސިމެންތި ޖެހުން، އަދި ސީލިންގ މަސައްކަތާއި، ތަޅުން އެޅުމާއި، މުށިޖެހުން ހިމެނޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، މި އިދާރާއިން ކުރި ނަންބަރު:(IUL)231-AH/231/2018/41 (11 ޖުލައި 2018) އިޢުލާނާއި ގުޅިގެން ބޭއްވުނު ޕްރީބިޑް މީޓިންގގައި ބައިވެރިވެލެވީ އެންމެ ފަރާތަކުންކަމަށް ވެފައި، އެއްވެސް ފަރާތަކުން ބިޑްހުށަހަޅުއްވާފައި ނުވާތީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަފަހަރަށް އިޢުލާނު ކުރީމެވެ.

ވީމާ، މި މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރީބިޑްމީޓިންގ އަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ . މި މަސައްކަތަށް ބިޑު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތުދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ

16 ސެޕްޓެމްބަރ 2018 ވާ (އާދީއްތަ) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައި

 

އަންދާސީހިސާބު ބަލައިގަތުމަށް ބާއްވާ ބިޑް އޯޕަން މީޓިންގ

24 ސެޕްޓެމްބަރ 2018 ވާ (ހޯމަ) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައި

 

ބިޑް ވިއްކުން ކުރިޔަށްދާނީ، 05 ސެޕްޓެމްބަރ 2018 އިން 16 ސެޕްޓެމްބަރ 2018 އަށް (ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް) ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ -/30 ރުފިޔާ އެވެ. ބިޑް ބައްލަވާނުގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގގައި ބައިވެރިއެއް ނުވެވޭނެއެވެ. ބިޑް ބައްލަވައިގަތް ފަރާތުން ފްރީ ބިޑް މީޓިންގ ގައި ބައިވެރިވެ ވަޑައިނުގެންނެވި ކަމުގައިވިޔަސް ބިޑް ހުށަހެޅޭނެ ވާހަކަ ދެންނެވީމެވެ. އަދި މިމަސައްކަތާއި ގުޅިގެން ކުރެވުނު ނަންބަރު:(IUL)231-AH/231/2018/41 (11 ޖުލައި 2018) އިޢުލާނާއި ގުޅިގެން ބިޑް ބައްލަވާގަތް ފަރާތްތަކަށްވެސް ބިޑް ހުށަހެޅޭނެވާހަކަ ދެންނެވީމެވެ.

05 ސެޕްޓެންބަރު 2018