ދިވެހިރާއްޖެ
ނަންބަރު: 79/IUL)202-A/1/2018)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މާލެ އަތޮޅު މާހަލު ގައި ޖަހާފައިވާ، 12 މޭލު ދުރަށް އަލިފޮނުވާ 01 (އެކެއް) ފަރުބައްތީގެ ބުޑުއަޅައި އަމިއްލަތަކެތީގައި ޓަވަރުހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 10 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ސެޕްޓެމްބަރ 18 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
24 ޛުލްޙިއްޖާ 1439
4 ސެޕްޓެމްބަރ 2018