މަސައްކަތް
ނަންބަރު: (IUL)438-GCF/438/2018/237
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި: 18 ސެޕްޓެންބަރު 2018 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްލޭނިންގް ކޮންސަލްޓަންޓް ޓު ރިވިއު އެންޑް ކޮންސޮލިޑޭޓް އަ ޕޯޓަބަލް ވޯޓަރ ސެކުއިރިޓީ ޕްލޭން

                         ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު                                                                       

 

   ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން "ޕްލޭނިންގް ކޮންސަލްޓަންޓް ޓު ރިވިއު އެންޑް ކޮންސޮލިޑޭޓް އަ ޕޯޓަބަލް ވޯޓަރ ސެކުއިރިޓީ ޕްލޭން" އެއް ހޯދުމާއި ގުޅޭ:   

 

  • ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އަށް އޮޕަރޭޝަން ޕްރޮސީޖަރ ތަކާއި ޑޮކިއުމަންޓް ރިވިއު ކޮށްދިނުމަށްފަހު "ޕޯޓަބަލް ވޯޓަރ ސެކުއިރިޓީ އޮޕަރޭޝަން ޕްލޭން" އެއް ކޮންސޮލިޑޭޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

  • މި މަސައްކަތުގެ "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" އަދި "ޓާރމްސް އޮފް ރިފަރެންސް" މިމިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.

 

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓަރީ ކުރައްވަން ވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ 'ބިޑަރޒް ރެޖިސްޓަރޭސަން ފޯމް' [email protected] އަށް އީ-މެއިލް ކުރައްވައިގެނެވެ. މިފޯމް މިގެޒެޓް އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިނިސްޓަރީގެ ވެބްސައިޓުން ވެސް މިފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރީ ކުރެއްވޭނެ އެންމެފަހު ތާރީޚަކީ 12 ސެޕްޓެމްބަރ2018 ވާ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށެވެ.

 

  • މި ޕްރޮޖެކްޓާއި ބެހޭގޮތުން ސާފްކުރަން ބޭނުންވާ މައުލޫމާތެއް ވާނަމަ، އީ-މެއިލް ކުރައްވާނީ 13 ސެޕްޓެމްބަރ 2018 ވާ ދުވަހުގެ 13:00 އާއި ހަމައަށް، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. ([email protected]).

 

 

  • ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން (ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން "ވޯޓަރ ސެކިޔުރިޓީ ޕްލޭން" އެއް ކޮންސޮލިޑޭޓްކުރުން) ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު، "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" ގައި ވާގޮތައް ބީލަން ހުށަހަޅާ އެޑްރެސް ލިޔެވި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ސާފުކޮށް ލިޔެވިފައި  އޮންނަންވާނެއެވެ. ބީލަމުގެ 'ބިޑް ވެލިޑިޓީ' މުއްދަތެއްގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.  މިބީލަމުގައި 'އިލެކްޓްރޯނިކް ސަބްމިޝަން' ބަލައެއް ނުގަނެވޭނެއެވެ.

 

  • ބީލަން ހުށަހެޅޭނެ ސުންގަޑި ގަޑިއަކީ 18 ސެޕްޓެމްބަރ 2018 ވާ ދުވަހުގެ 11:00 ޖަހާއިރެއެވެ. ބީލަން ހުޅުވުން އޮންނާނީ 18 ސެޕްޓެމްބަރ 2018 ވާ އިންގާރަ ދުވަހުގެ 11:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގަ ހާޒިރުވާން ބޭނުން ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.

 

ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، މާލެ، 20392 ދިވެހިރާއްޖެ.

ފޯން: +(960) 301 8446،  ފެކްސް: +(960) 301 8301

ވެބްސައިޓް: http://www.environment.gov.mv

 

04 ސެޕްޓެންބަރު 2018