ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2018/42
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:09
ސުންގަޑި: 10 ސެޕްޓެންބަރު 2018 14:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބެޑްމިންޓަން ނެޝަނަލް ލެވަލް އޮފިޝަލް ކޯސް

                             ނަންބަރު: BAM/IUL/2018/42

 

އިޢުލާން

 

ބެޑްމިންޓަން ނެޝަނަލް ލެވަލް އޮފިޝަލް ކޯސް

 

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އާއި މިއެސޯސިއޭޝަން ގުޅިގެން 12 ސެޕްޓެމްބަރު 2018 ން 18 ސެޕްޓެމްބަރު 2018 ށް ބެޑްމިންޓަން ނެޝަނަލް ލެވަލް އޮފިޝަލްކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާފަރާތްތަކުން 10 ސެޕްޓެމްބަރު 2018 ވާ ހޯމަދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެޕްލިކޭޝަންފޯމް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ މި އެސޯސިއޭޝަނަށް ހުށައެޅުން އެދެމެވެ.   

 

އެޕްލިކޭޝަން ފޯމް މި އެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv  އިން ލިބޭނޭ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 4:00 ށް މި އެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

03 ސެޕްޓެމްބަރު 2018

03 ސެޕްޓެންބަރު 2018